
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ސިޓީ މޮޅުވެ ތާވަލުގެ ހަތަރުވަނަ މަގާމް ހޯދައިފި އެވެ. މި މެޗުން މެންޗެސްޓަރ ސިޓީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފަ އެވެ. ރެއާލް މެޑްރިޑަށް ލިބިފައިވާ 12 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތްވަނައިގަ އެވެ. މެޑްރިޑްގެ ސެންޓީއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ރެއާލް މެޑްރިޑް ނިކުތްއިރު އެ ޓީމުގެ ފޯވަޑް ކިލިއަން އެމްބާޕޭ އަށް އަނިޔާވެފައިވާތީ އޭނާ އަށް މި މެޗުގައި ކުޅެވޭގޮތް ވަނީ ނުވެފަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 28 ވަނަ މިނިޓުގައި ޖޫޑް ބެލިންހަމް ދިން ޕާހަކުން ރޮޑްރިގޯ ވަނީ ލަނޑެއް ޖަހާ ރެއާލް މެޑްރިޑަށް ކުރި ހޯދަދީފަ އެވެ. ރެއާލް މެޑްރިޑް އިން ލަނޑެއް ޖަހާ ލީޑު ނެގިތާ ހަތް މިނިޓު ފަހުން މެންޗެސްޓަރ ސިޓީގެ ނިކޯ އޮރެއިލޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ސިޓީ އަށް ލިބުނު ޕެނަލްޓީ އަކުން އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހާ ސިޓީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ. މި މެޗުގެ ދެވަނަ މިނިޓުގައި ޕެނަލްޓީ އޭރިޔާ ރޮނގު މަތިން ވިނިޝިއަސް ޖޫނިއަރ އަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ފުރަތަމަ ރެއާލް މެޑްރިޑަށް ޕެނަލްޓީ އެއް ދިން ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީގެ އެހީ އާއިއެކު އެ ނިންމުން ވަނީ ބަދަލުކޮށް އޭރިޔާ ބޭރުން ހިލޭ ޖެހުމެއް ދީފަ އެވެ.
ރެއާލް މެޑްރިޑް މި މެޗުން ބަލިވުމާއިއެކު އެ ޓީމުގެ ކޯޗު ޝަބީ އަލޮންސޯ އަށް އޮތް ޕްރެޝަރ ވަނީ އިތުރަށް ބޮޑުވެފަ އެވެ. ލަލީގާގައި މިދިޔަ އާދީއްތަ ދުވަހު ސެލްޓަވީގޯ އާއި ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް ބަލިވުމާއިއެކު އެ ޓީމުގެ ބޯޑު ބައްދަލުވުމެއް ބާއްވާފަ އެވެ. އަދި މި ނަތީޖާ އާއިއެކު ކޯޗު އަލޮންސޯގެ ވަޒީފާ އާއިމެދު ވަނީ އިތުރަށް ސުވާލު އުފެދިފަ އެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
