
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކްލަބް ބްރޫޖް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެއްޖެ އެވެ. މި މެޗުން އާސެނަލް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގެ ލީގު ފޭސްގައި ކުޅުނު ހަ މެޗުން ލިބިފައިވާ 18 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ހޯދާފަ އެވެ. ދެވަނައިގައި އޮތް ބަޔާން މިއުނިކަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. މި މެޗަށް އާސެނަލް ނިކުތްއިރު އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ވަނީ ޕްރިމިއާ ލީގުގައި މި ހަފްތާގައި އެސްޓަން ވިލާ އަތުން ބަލިވި މެޗަށް ނިކުތް ޓީމަށް ފަސް ބަދަލު ގެނެސްފަ އެވެ. މީގެ އިތުރުން 11 މަހެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު ގެބްރިއަލް ޖީސޫސް ވަނީ މި މެޗުގައި އަލުން ކުޅުމުގެ ތެރެއަށް އައިސްފަ އެވެ.
އާސެނަލް އިން މި މެޗުގައި ޖެހި ފުރަތަމަ ލަނޑަކީ މެޗުގެ 25 ވަނަ މިނިޓުގައި މާޓިން ޒުބިމެންޑީ ދިން ޕާހަކުން ނޮނީ މަޑުއޭކާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ޒުބިމެންޑީގެ އިތުރުގެ ޕާހަކުން މަޑުއޭކޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. އާސެނަލް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 56 ވަނަ މިނިޓުގައި ގެބްރިއެލް މާޓިނޭލީ ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ. އާޓެޓާ ވަނީ މި މެޗުގައި އާސެނަލްގެ އެކަޑަމީ އިން ފުރަތަމަ ޓީމަށް ނަގާފައިވާ އުމުރުން 16 އަހަރުގެ މާލީ ސަލްމަން އަށް ފުރުސަތު ދީފަ އެވެ.
މި ނަތީޖާ އާއިއެކު އާސެނަލް އަށް ވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފަ އެވެ. މިދިޔަ ސީޒަނުން ފެށިގެން ޗެމްޕިއަންސް ލީގުގެ ފޯމެޓަށް ބަދަލު ގެނެސްފައިވާއިރު, ގަދަ އަށް ޓީމަށް ދެވަނަ ބުރުގެ ސީދާ ޖާގައެއް ލިބިގެންދާއިރު ނުވަވަނައިން ފެށިގެން 24 އާއި ދެމެދުގެ ޓީމުތަކަށް ޖެހޭނީ ޕްލޭއޮފް އިތުރު ދެ މެޗު ކުޅުމަށެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
