
14 ވަނަ ސައުތު އޭޝިއަން ގޭމްސް އަނެއްކާ ވެސް ފަސްކޮށްފި އެވެ. 2019 ވަނަ އަހަރު އެންމެ ފަހުން ބޭއްވި ގޭމްސް ވިދިވިދިގެން ތިން ވަނަ ފަހަރަށް ފަސްކޮށް ދެން ބާއްވާނެ ތާރިހަކަށް ހަމަޖައްސާފައިވަނީ 2027 ވަނަ އަހަރު އެވެ. ގޭމްސް ބާއްވާނީ އެ އަހަރުގެ ޖަނަވަރީ 23 އިން ފެބްރުއަރީ ހަޔަކަށް ޕާކިސްތާނުގަ އެވެ. ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލުން ބުނީ މި ގޮތަށް ނިންމީ ޕާކިސްތާން ސަރުކާރާ ވެސް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. މި ގޭމްސް ފަސް ކުރުމަކީ ގޭމްސްގެ ތާރީހުގައި އާ ކަމެއް ނޫނެވެ. ގޭމްސް ފަސްވަމުން ދިއުމުގެ ސަބަބުން ވަރަށް ގިނަ އެތްލީތުން މިހާރު ވަނީ މި ގޭމްސްގައި ވާދަ ނުކުރަން ނިންމާފަ އެވެ. ސަބަބަކީ ބައެއް އެތްލީޓުންގެ އުމުރުން ދޮށިވުމާއި އެނޫން ވެސް ތަފާތު ސަބަބުތަކެވެ.
މި ފަހަރުގެ ގޭމްސް ފަސްކުރި މައިގަނޑު އެއް ސަބަބަކީ ޕާކިސްތާނުގައި ގޭމްސް ބާއްވާތީވެ ސަރަހައްދީ ބައެއް ގައުމުތަކުން އެ ގައުމަށް ދަތުރު ކުރަން ބޭނުންނުވުމެވެ. އަނެއް ކަމަކީ ދެކުނު އޭޝިޔާގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން އިންޑިޔާ އާއި ބަނގްލަދޭޝް އަދި ޕާކިސްތާނުގެ މެދުގައި ބޮޑެތި ހިލާފުތަކެއް އުފެދިފައިވުމާއި އޭގެ އަސަރު ގޭމްސް އަށް ކުރާނެ ކަމަށް ބެލެވުމެވެ. އަދި ޕާކިސްތާނަށް ގޭމްސް އަށް މިހާތަނަށް އެންމެ އެކަށީގެންވާ ގޮތަށް ތައްޔާރު ނުވެވުން ވެސް ފާހަގަ ކުރެވެ އެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
