
ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރަށް ނިކުންނައިރު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ބަދަލުތަކެއް އަންނާނެ ކަމަށާއި، ކުޅުންތެރިންގެ މަގާމުތަކަށް ބަދަލު އަންނާނެ ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ނަޒީހު ބުނެފިއެވެ. ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި 3-1 ގެ ނަތީޖާއަކުން ކުލަބު ގްރީން ސްޓްރީޓްސް އަތުން މޮޅުވި މެޗަށްފަހު “ޕީއެސްއެމް ނިއުސް” އަށް ދިން އިންޓަވިއުއެއްގައި ނަޒީހު ބުނީ މިހާރު ހުރި ބިދޭސީ ކުޅުންތެރިޔާ ޝާޒްލީ ކުޅޭ މަގާމަށް އިސްކޮޅުން ދިގު ސްޕީޑް ރަނގަޅު ކުޅުންތެރިއެއް އަންނާނެ ކަމަށެވެ. އޭނާ އައުމުން ފުރަތަމަ ބުރުގައި ޓީމު އަތުރާލި ފޯމޭޝަނަށްވެސް ބަދަލު އަންނާނެ ކަމަށާއި، އެހެން ކުޅުންތެރިންގެ ޕޮޒިޝަނަށްވެސް ބަދަލުތައް އަންނާނެ ކަމަށް ނަޒީހު ބުންޏެވެ.
ނަޒީހު ބުނީ ދެވަނަ ބުރުގައި އުންމީދަކީ ތާވަލުގެ 6 ގެ ތެރޭގައި ހިމެނުން ކަމަށާއި، އެކަން ދިފާއުކުރަން މަސައްކަތްކުރާނެ ކަމަށެވެ. ނަތީޖާއާ މެދު ޕްރެޝަރު އެބައޮތްތޯ ސުވާލުކުރުމުން ނަޒީހު ބުނީ އޭނާއަށް އޮތް ވަރަށް ޕްރެޝަރު އޮތް އެއްވެސް ކޯޗެއް ނުހުންނާނެ ކަމަށެވެ. އެހެންނަމަވެސް ނަތީޖާ ނެރެވޭނީ އެވަރުގެ ކުޅުންތެރިންތަކެއް ތިބެގެންކަން މެނޭޖުމެންޓަށްވެސް އެނގޭ ކަމަށާއި، އެހެންކަމުން ޕްރެޝަރު އޮތީ އެ އަންޑަސްޓޭޑިންއާ އެކުގައިކަން އޭނާ ފަހާގަކުރިއެވެ. “އަޅުގަނޑުމެން އަތުގައި މި ތިބީ ޓެކްނިކަލީ އެހާ ވައިސް ކުޅުންތެރިންނެއްނޫން. އެހެންވެއްޖެއްޔާ އެމީހުންނަށް ޑެއިލީ ޓްރޭނިން ބޭނުންވާނެ. އެހެންވީމަ ނައީމަ އޭގެ ރިޒަލްޓް ކުރިން ފެނުނީ” ނަޒީހު ބުންޏެވެ.
އެންމެ ފަހު މެޗުގައި ޔޫވީން ދެއްކި ކުޅުމަށް އިޝާރާތްކުރަމުން ނަޒީހު ބުނީ އެ މެޗުގައި ފެނުނީ ކުޅުންތެރިން ތަމްރީނުތަކަށް އައުމުގެ ތަފާތު ކަމަށެވެ. މޮޅު ކުޅުންތެރިއަކަށްވެސް ކޮންމެ ދުވަހަކު ތަމްރީނު ބޭނުންވާނެ ކަމަށާއި، އެކަމަކު ބައެއް ކުޅުންތެރިން ދާން ނުޖެހޭ ޕްރެޝަރަށް ދިޔަތަން އެ މެޗުގައި ފެނުނު ކަމަށްވެސް ނަޒީހު ފާހަގަކުރިއެވެ. ކުރިން ފުޓްބޯޅަ ކުޅެފައިވާ ކޯޗެއްގެ ހައިސިއްޔަތުން ބަލާއިރު ދިހަ ބާރަ އަހަރު ކުޅެފައި ހުންނަ ކުޅުންތެރިއަކު ދާން ނުޖެހޭ ޕްރެޝަރަށް ދިޔަ މަންޒަރު ފެންނަ ކަމަށާއި، އެބައިބައި ރަނގަޅުކުރަން ޖެހޭކަމަށްވެސް ނަޒީހު ބުންޏެވެ. ދިވެހި ޕްރިމިއަރ ލީގުގެ ތާވަލަށް ބަލާއިރު ޔޫވީ އޮތީ 7 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ. ދެވަނަ ބުރުގައި ޔޫވީ އެންމެ އަވަހަށް ނިކުންނާނީ ހުކުރު ދުވަހުގެރޭ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
