
މިހާރު ކުރިއަށްދާ އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފޯރީގަ ކުރިއަށް އެބަދެއެވެ. 21 އަންހެންޓީމާއި 4 ފިރިހެން ޓީމު ހިމެނޭހެން ކުރިއަށްދާ މިމުބާރާތުގައި 4 ގްރޫޕަކުން މެޗުތައް ކުޅެމުންދާއިރު އަންހެނުންގެ ޑިވިޝަނުގެ ގްރޫޕް 1ގެ އެއްވަނައިގަވަނީ މިވަގުތުވަނީ ކުޅުނު 3 މެޗުން މޮޅުވެ 9 ޕޮއިންޓާއެކު އެމްއޭސީއެލްއެވެ. އަދި 6 ޕޮއިންޓާއެކު ގްރޫޕް 2 ގެ އެއްވަނައިގައި މޯލްޑިވްސް އިމިގްރޭޝަން އޮތްއިރު ގްރޫޕް 3 ގެ އެއްވަނަ ސީބީއެމްއިން ހޯދާފައިވަނީ 6 ޕޮއިންޓާއެކުއެވެ. މީގެ އިތުރުން ގްރޫޕް 4 ގެ އެއްވަނަ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 9 ޕޮއިންޓު ހަމަކޮށް ރޯޑް ރެކްރިއޭޝަން ކުލަބުންވަނީ ހޯދާފައެވެ.
މިމުބާރާތުގެ ފިރިހެނުންގެ ޑިވިޝަނުގެ ތާވަލަށް ބަލާއިރު މިވަގުތު އެއްވަނައިގައި އޮތީ 3 ޕޮއިންޓާއެކު އެމްޕީއެލްއެވެ. އެމްޕީއެލްގެ އިތުރުން މިމުބާރާތުގައި ދެން ވާދަކުރާ ފިރިހެން ޓީމުތަކަކަކީ ކުލަބު ވެމްކޯއާއި އެމްއޭސީއެލްގެ އިތުރުން ކަސްޓަމްސް ރެކްރިއޭޝަން ކުލަބެވެ. ކުލަބު ވެމްކޯއަށްވެސް 3 ޕޮއިންޓު ލިބިފަވާއިރު މިހާތަނަށް އެމްއޭސީއެލް އަދި ކަސްޓަމްސް ރެކްރިއޭޝަން ކުލަބަށް ޕޮއިންޓެއް ހޯދިފައެއް ނުވެއެވެ. އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. އަދި 16 އަދި 17 ގައި ކުއާޓާ މެޗުތައް ކުޅުމަށްފަހު ސެމީ ތާވަލުކޮށްފަވަނީ މިމަހުގެ 19 ވަނަ ދުވަހަށެވެ. މިމުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތް ކުރިއަށްދާނީ މިމަހުގެ 1 އިން 20 ގެ ނިޔަލަށް އިންޑޯ ނެޓްބޯޅަ ކޯޓުގައެވެ. މުބާރާތުގެ ކުޅުން ކުރިއަށްދަނީ ކޮންމެ ރެއަކު 07:30 އިން ފެށިގެންނެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
