
(ފޮޓޯ ކްރެޑީޓްސް: އޮޑި ސްޕޯޓްސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި ފެންނާނީ ތަފާތު ޓީމެއް ކަމަށް ޓީސީ ސްޕޯޓްސް ކުލަބާ އަލަށް ގުޅުނު ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނެފިއެވެ. ޓީސީގެ ކޯޗުގެ ޒިންމާ މީގެ ކުރިންވެސް އަދާކުރި އާތިފް ވަނީ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެ 3-0 ގެ ނަތީޖާއަކުން އެ ޓީމު ބަލިވި މެޗުގައި ޓީމަށް އިރުޝާދުދީފައެވެ. އެ މެޗަށްފަހު “ޕީއެސްއެމް ނިއުސް” އަށް ދިން އިންޓަވިއުއެއްގައި އާތިފް ބުނީ ވާރޭވެހުމުގެ ސަބަބުން މެޗުގައި ދެ ޓީމަށްވެސް އުނދަގޫވި ކަމަށާއި، އެކަމަކު ނަތީޖާއަކީ މަސައްކަތްކޮށްގެން ހޯދަންޖެހޭ އެއްޗެއް ކަމަށެވެ. އަދި އޮޑި ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޓީސީގެ ބެންޗުގައި ހުރެވުމުން ރަނގަޅުކުރާނެ ކަންތައްތައް ފެނިގެންދިޔަ ކަމަށެވެ. އެގޮތުން ލީގުގެ ދެވަނަ ބުރުގައި ފެންނާނީ ތަފާތު ޓީސީއެއް ކަމަށާއި، އައު ޖޯޝެއްގައި ރަނގަޅު މަގާމެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށްވެސް އާތިފް ވަނީ ބުނެފައެވެ.
އާތިފް ބުނީ ޓްރާންސްފާ ބާޒާރުގައި ހުރިހާ ޓީމަކުންވެސް އެ މީހުންގެ ބަލިފައިތައް ވަރުގަދަކުރަން މަސައްކަތްކުރާނެ ކަމަށެވެ. އެގޮތުން ޓީސީންވެސް ރަނގަޅު ކުރުންތެރިން ހޯދުމަށް މަސައްކަތްކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު ޓީސީ އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ކުޅުނު ނުވަ މެޗުން ލިބުނު ފަސް ޕޮއިންޓާއެކުއެވެ. ފުލުގައި އޮތް ކުލަބު ގްރީން ސްޓްރީޓްސްއަށްވެސް ފަސް ޕޮއިންޓް ލިބިފައިވާއިރު، ޓީސީއަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މާދަމާރޭ ޓީސީ ނުކުންނާނީ ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
