
ރެއާލް މެޑްރިޑުގެ ކުޅުންތެރިން ހިތްހަމަ ނުޖެހުނަސް އެ ޓީމުގެ ކޯޗު ޒަބީ އަލޮންސޯ އޭނާގެ އުސޫލުތައް ބަދަލު ނުކުރުމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެދިއްޖެ އެވެ. އަލޮންސޯ އަށް ޖަރުމަނުގެ ބަޔާން މިއުނިކްގައި ކޯޗުކޮށްދިން ސްޕޭނުގެ ކޯޗު މިހެން ބުނީ އަލޮންސޯގެ ޓީމާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި އޭނާ މިރޭ ކުޅެން ޖެހޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. “އަލޮންސޯ އަކޯ މޮޅު ކޯޗެއް. އޭނަ އަށް ރެއާލް މެޑްރިޑުގެ ކޯޗުކަން ކުރެވޭނެ. އޭނާގެ އުސޫލުތައް ބަދަލު ކުރަންޖެހޭ ސަބަބެއްނެތް. އަހަރެން ބުނާނީ އޭނާ އެ ގޮތުގައި ކުރިއަށްދާންވީއޭ،” ގާޑިއޯލާ ބުންޏެވެ. އޭނާ މިހެން ބުނިއިރު މި މެޗަކީ އަލޮންސޯގެ ވަޒީފާއާ ގުޅުން ހުރި މެޗަށްވެފައިވަނިކޮށެވެ. މެޗުން ބަލިވެއްޖެނަމަ އޭނާގެ ވަޒީފާ ގެއްލުން ގާތެވެ. ދުނިޔޭގެ އެންމެ މޮޅު ކޯޗުކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ގާޑިއޯލާ މިކަމާ ގުޅިގެން ބުނީ މެންޗެސްޓާ ސިޓީގައި ހުސްވި ސީޒަނުގެ މެދުތެރެއިން އޭނާ ތަޖުރިބާ ކުރަން ޖެހުނު ފަދަ ކަމެއް ދިމާވިނަމަ ރެއާލް މެޑްރިޑުން އޭނާ ވެސް ވަކިކުރާނެ ކަމަށެވެ. ސިޓީގައި މިދިޔަ ސީޒަނުގެ މެދުތެރެއިން ގާޑިއޯލާ އަށް ގިނަގުނަ މެޗުތަކަކުން ބަލިވުން ދިމާވި އެވެ.
“ރެއާލް މެޑްރިޑާއި ބާސެލޯނާގެ ކޯޗުކަމަކީ ފަސޭހަ ކަމެއްނޫން. އެ ދެ ކުލަބުން ނަތީޖާ އަށް ބާރު އަޅާނެ. އަހަރެންނަކަށް ނޭނގެ މި މެޗަށް ފަހު އޭނާގެ ވަޒީފާއަށް ވާނެ ގޮތެއް. އަހަރެން (ރެއާލްގެ ރައީސް ފްލޮރެންޓީނޯ) ޕެރޭޒްއާ ވާހަކަ ނުދައްކަން. އެކަމަކު އަލޮންސޯ އަކީ ރެއާލް މެޑްރިޑާއި މި ހާލަތު އެނގޭނެ މީހެއް. އޭނާ އަށް ކުރިއަށް ދެވޭނެ. ވަރަށް ގިނަ ކުޅުންތެރިން ވެސް އެތިބީ އަނިޔާގެ މައްސަލަތަކާއެކު. އަހަރެން މިދިޔަ ސީޒަނުގައި ތަޖުރިބާކުރި ކަމެއް ރެއާލްގައި ދިމާވިނަމަ އެ މީހުން އަހަރެން ވެސް ވަކިކުރާނެ،” ގާޑިއޯލާ ބުންޏެވެ. ރެއާލް މެޑްރިޑުގައި އަލޮންސޯ އަށް ބާރެއް ނެތްކަމަށް ބުނާ ވާހަކަތަކާ މެދު ވެސް ގާޑިއޯލާ ޖަވާބުދިނެވެ.
“އޮތީ ދެ ގޮތް. އެއީ ރެއާލް މެޑްރިޑުގެ އުސޫލު ބައްޓަން ކުރާ ގޮތެއްގެ މައްޗަށް އޮންނާނެ ކަމެއް. އެމީހުން ކޯޗަށް ބާރު ދީފިނަމަ އޭނާ ބާރު ގަދަވާނެ. އެ މީހުން ކުޅުންތެރިންނަށް ބާރު ދީފިނަމަ އެ މީހުން ބާރު ގަދަވާނެ. މިއީ ކުލަބުގެ ނިންމުމެއް. އަލޮންސޯ އަކީ އަހަރެން ދެކޭ ގޮތުގައި ކާމިޔާބު ކޯޗަކަށްވުމަށް ބޭނުންވާ ސިފަތައް ހުރި މީހެއް. އޭނާ އަށް ވާނެ. އަހަރެން އެދެނީ އޭނާ އަށް ކާމިޔާބު ލިބުން. އެކަމަކު މި މެޗުގައި އަހަރެންގެ ވިސްނުން އޮތީ ރެއާލް ބަލިކުރަން،” ގާޑިއޯލާ ބުންޏެވެ. ސްޕޭނުގެ ގިނަ މީޑިއާތަކުން ބުނަނީ މެޗުން ރެއާލް މޮޅުނުވެއްޖެނަމަ އަލޮންސީގެ ބަދަލުގައި އާ ކޯޗެއް ރެއާލް މެޑްރިޑުން ހޯދާނެ ކަމަށެވެ. އެ މީހަކަށް ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން ވެސް ވެދާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
