
ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ އެތިކްސް ކޮމިޓީން އެ ޖަމާއަތުގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މައްސަލަ ބަލަން ނިންމައިފި އެވެ. މައްސަލައަކީ އެ ޖަމާއަތުން ސިޔާސީ ކަންކަމުގައި ގެންގުޅޭ ހަމަހަމަކަން އިންފަންޓީނޯ ގެއްލުވާލައި ފީފާގެ ގަވާއިދުތަކާ ހިލާފު ވެފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ އެވެ. އިންފަންޓީނޯގެ މައްސަލައަކަށް ވެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މާ ބޮޑަށް ގާތް ގުޅުމެއް ބާއްވައި އެންމެ ފަހުން އޭނާ އަށްޓަކައި އެވޯޑެއް ތައާރަފްކޮށް ދިނުމެވެ. ފީފާއިން މުޅިން އަލަށް މި އަހަރު ތައާރަފްކުރި ފީފާގެ ސުލްހައިގެ އިނާމެވެ. މި އިނާމް ޓްރަމްޕަށް ދެއްވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ފީފާ ވޯލްޑް ކަޕުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގަ އެވެ.
މި ރަސްމިއްޔާތުގައި ޓްރަމްޕަށް ރަންކުލައިގެ އެވޯޑަކާއި ރަންމެޑަލް އަކާއި ސެޓްފިކެޓެއް ދިނުމަށްފަހު އިންފަންޓީނޯ ވިދާޅުވީ ރައީސުންނަކީ ޓްރަމްޕް ފަދަ ބޭފުޅުން ކަމަށެވެ. އަދި މި އެވޯޑަކީ ދުނިޔޭގެ ހަމަޖެހުމަށް އެ މަނިކުފާނު ކުރެއްވި މަސައްކަތަށް ދެއްވި އިނާމެއް ކަމަށާއި މިއީ ހައްގު އިނާމެއް ކަމަށެވެ. އަދި އޭނާގެ ތާއީދު އަބަދުވެސް އިންފަންޓީނޯ އަށް އޮންނާނެ ކަމަށެވެ. މި ވާހަކަތަކާއި އެވޯޑާ ގުޅިގެން އިންފަންޓީނޯ އަށް ދުނިޔޭގެ ލީޑަރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ފާޑުކިއުން ވަނީ ވަރަށް ބޮޑަށް އަމާޒުވަފަ އެވެ. އޭނާއާ ދެކޮޅަށް ފީފާ އަށް މައްސަލަ ހުށަހެޅީ ވެސް މި ފަދަ ޖަމާއަތަކުންނެވެ. ގިނަ ބަޔަކު ބުނަމުންދަނީ ފީފާއިން ސުލްހައިގެ އިނާމް ތައާރަފްކުރީ ވެސް ޓްރަމަޕަށް އަމާޒުކޮށް ކަމަށެވެ. އެއީ އޭނާ އަށް ދުނިޔޭގެ ސުލްހަ އަށް މަސައްކަތް ކުރާ ފަރާތްތަކަށް ދޭ އެންމެ މަތީ އިނާމް ކަމަށްވާ ނޯބަލް ސުލްހައިގެ އިނާމް ނުލިބުމުން ކަމަށެވެ.
ގިނަ ބަޔަކު މިހާރު ބުނަމުންދަނީ ފީފާގެ ރައީސަކު ދުވަހަކު ވެސް ސިޔާސީ ކަންކަމުއި ނޫޅުއްވާ ވަރަށް އިންފަންޓީނޯ އެކަމުގައި ބައިވެރިވަޑައިގަންނަވަމުން ގެންދަވާ ކަމަށާއި އޭނާގެ އަމަލުތަކުގެ ސަބަބުން ފީފާގެ ހަމަހަމަކަން ގެއްލެމުންދާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
