
ފްރޭންކްފަޓް އަތުން ބާސެލޯނާ ޗެމްޕިއަންސް ލީގުގައި ރޭ މޮޅުވި ނިމެން ބާކީ ފަސްމިނިޓް އޮއްވައި ފޯވަޑް ލަމީން ޔަމާލް ބަދަލު ކުރުމުން އޭނާ ރުޅިގަދަވެއްޖެ އެވެ. ބަދަލު ކުރުމުން އޭނާގެ ހަރަކާތްތައް ހުރި ގޮތުން ކުޅުންތެރިޔާ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ. އެއީ އޭނާގެ އަހުލާގު ދަށްކަމަށް ބުނެ އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނީ ޔަމާލް ބަދަލު ކުރީ ރީނދޫ ކާޑެއް ވެސް ދައްކާފައިވުމުން ކަމަށެވެ. އަދި ކުޅުންތެރިޔާ ބަދަލު ކުރުމުން އޭނާގެ ފުށުން ފެނުނު އަމަލަކީ ޒުވާން ކުޅުންތެރިންނަށް ބައެއް ފަހަރު ކުރެވޭ ހަރަކާތްތަކެއް ކަމަށެވެ.
“އޭނާ އުޅެނީ އެހެން. އޭނާ އަކީ ޔަމާލް. އޭނާ އަކީ ވަރަށް ޅަ ކުއްޖެއް. އޭނާ ބޭނުންވާނެ 90 މިނިޓް ނޫނީ 100 މިނިޓް ވެސް ކުޅެން. ބޭލީމަ ހިތްހަމަ ނުޖެހުނީ މިހެންވެ. އެކަމަކު އޭނާ ހުރީ ރީނދޫ ކާޑެއްގައި. އަހަރެން އޭނާ ބޭލީ އެހެންވެ. އެކަމަކު އޭނާގެ ފުށުން ފެނުނު އަމަލަކީ އާއްމުކޮށް ޒުވާން ކުޅުންތެރިންގެ ކޮށް އުޅޭ ކަމެއް. އަހަރެންނަށް އެއީ މައްސަލައެއްނޫން. ސަބަބަކީ އެއީ ޔަމާލް ކަމަށްވުން. އޭނާ އަކީ ވަރަށް މޮޅު، ކުޅޭ ހިތުން އުޅޭ ކުއްޖެއް،” ފްލިކް ބުންޏެވެ.
ހުސްވި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ޔަމާލަށް މި ސީޒަނުގައި އޭނާގެ އެންމެ މޮޅު ކުޅުން ނުދެއްކެ އެވެ. އަނިޔާގެ މައްސަލަތައް ގިނަ އެވެ. އަދި އޭނާގެ ދަނޑު ބޭރުގެ ހަރަކާތްތަކާއި އާއްމު ދިރިއުޅުމުގެ ކަންކަމަށް ވަނީ ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފަ އެވެ. މިކަމާ ގުޅިގެން ބާސެލޯނާއިން ވަނީ ކުޅުންތެރިޔާގެ ދަނޑު ބޭރުގެ އާއްމު ހަރަކާތްތައް މަދު ކުރުމަށާއި އެހާބޮޑަށް ބައެއް ކަންކަމުގައި އާއްމުންނަށް ފެނިގެން އުޅުމަށްވުރެ ބޮޑަށް ސަމާލުވެގެން އުޅެން އޭނަ އަށް އަންގައިފަ އެވެ. ސަބަބަކީ މީޑިޔާތަކުން ދައްކާ ވާހަކަތަކުގެ ސަބަބުން އޭނާގެ ކުޅުމަށް އަސަރުކުރާތީ އެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
