
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ ފްރެންކްފަރޓް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށްފި އެވެ. ބާސެލޯނާގެ ސްޕޮޓިފައި ކޭމްޕް ނޫ ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި މި ދަނޑުގައި ބާސެލޯނާ ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ބާސެލޯނާ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ފްރެންކްފަރޓް އިން ވަނީ މެޗުގެ 21 ވަނަ މިނިޓުގައި ލަނޑެއް ޖަހާ ބާސެލޯނާގެ މައްޗަށް ކުރި ހޯދާފަ އެވެ. މި ލަނޑަކީ އަންސަރް ނައުފް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާގެ ފޯވަޑް ފަރމިން ލޯޕޭޒް އަށް އެދެވޭ ކުޅުމެއް ދެއްކިފައިނުވާތީ ދެވަނަ ހާފަށް ނިކުތްއިރު ކޯޗު ހެންސީ ފްލިކް ވަނީ އޭނާގެ ބަދަލުގައި މާކަސް ރަޝްފޯޑް ކުޅެން އަރުވާފަ އެވެ. އަދި އެ ބަދަލާއެކު ބާސެލޯނާގެ އެޓޭކް ވަނީ އިތުރަށް ވަރުގަދަ ވެގެންގޮސްފަ އެވެ. ބާސެލޯނާ އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި މާކަސް ރަޝްފޯޑް ނަގައިދިން ހުރަހަކުން ޖޫލްސް ކޯންޑޭ ބޮލުންޖަހާ ގޯލުގެ ތެރެއަށް ފޮނުވާލި ލަނޑުންނެވެ.
އަދި އޭގެ ތިން މިނިޓު ފަހުން ލަމީން ޔަމާލް ދިން ޕާހަކުން ކޫންޑޭ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުން ބާސެލޯނާއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ. މި ނަތީޖާ އާއިއެކު ބާސެލޯނާއަށް ވަނީ ލީގު ފޭސްގައި މިހާތަނަށް ކުޅުނު ހަ މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލުގެ 14 ވަނަ މަގާމް ލިބިފަ އެވެ. ފްރެންކްފަރޓް އަށް ލިބިފައިވާ 4 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 30 ވަނައިގަ އެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
