
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެޓްލާންޓާ އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެ އެވެ. އެޓްލާންޓާގެ ނިއު ބެލެންސް އެރީނާ ގައި ކުޅުނު މި މެޗަށް ދެ ޓީމު ނިކުތްއިރު ލީގު ބުރުގައި ދެ ޓީމު ވެސް އޮތީ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށެވެ. އެގޮތުން ތިން މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް އެއް މެޗުން ބަލިވެ ދެ ޓީމުވެސް އޮތީ 10 ޕޮއިންޓާ އެކުގަ އެވެ. މި މެޗަށް ޗެލްސީ ނިކުތްއިރު އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އަދި އެ ބަދަލުތަކާއިއެކު އެ ޓީމަށް އެޓްލާންޓާ ކައިރީ އެދެވޭ ކުޅުމެއް ވަނީ ދެއްކޭގޮތް ނުވެފަ އެވެ.
ޗެލްސީ އިން މެޗުގެ 25 ވަނަ މިނިޓުގައި ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ރީސް ޖޭމްސް ދިން ޕާހަކުން ޖޮއާއޯ ޕެޑްރޯ އެވެ. ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަވަނަ މިނިޓުގައި އެޓްލާންޓާގެ ޖިއާންލޫކާ ސްކަމާކާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި މެޗުން އެޓްލާންޓާ މޮޅުވި ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް ޗާލްސް ޑެ ކެޓެލައެރޭ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މި ނަތީޖާ އާއިއެކު ޗެލްސީ އަށް ލީގު ފޭސްގައި މިހާތަނަށް ކުޅުނު ހަ މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 11 ވަނައިގަ އެވެ. އެޓްލާންޓާ އަށް މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމު ވަނީ ތާވަލުގެ ތިންވަނަ އަށް އަރާފަ އެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ސީދާ ޖާގައެއް ލިބޭނީ ފުރަތަމަ ބުރުގެ ގަދަ އަށް ޓީމަށެވެ. އަދި ނުވަވަނަ އާއި ސައުވީސް ވަނަ އާއި ދެމެދުގެ ޓީމުތަކަށް ޖެހޭނީ ޕްލޭއޮފް އިތުރު ދެ މެޗު ކުޅުމަށެވެ. މިދިޔަ ނޮވެމްބަރ މަހުގެ 25 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަތުން މޮޅުވި މެޗަށްފަހު ޗެލްސީ އަށް ވަނީ އަދި މެޗަކުން މޮޅުވެވޭ ގޮތް ނުވެފަ އެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
