
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސްޕޯޓްސް ކޮމިޝަނުން ހޯދާ ޚިދުމަތްތަކާ ދޭތެރޭ އެސޯސިއޭޝަންތަކުން ހިތްހަމަޖެހުމަކީ އެކޮމިޝަނަށް ލިބޭ އެންމެ ބޮޑު ކާމިޔާބީކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙަންމަދު ޠަލާލް ވިދާޅުވެއްޖެއެވެ. ޠަލާލް ވިދާޅުވީ އެކޮމިޝަނުން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ އެސޯސިއޭޝަންތަކަށް ކަންކަން ފަހިކޮށްދީ އުޞޫލާއެއްގޮތަށް ވީހާވެސް ގާތުން އެހީތެރިކަން ފޯރިކޮށްދިނުމަށްކަމަށެވެ. އެގޮތުގެ މަތިން އެސޯސިއޭޝަންތަކުން ހޯދާ ޚިދުމަތްތަކާ ދޭތެރޭ އެފަރާތްތަކުން ހިތްހަމަޖެހޭކަމަށްވާނަމަ އެއީ ކޮމިޝަނަށް ލިބިގެންދާ އެންމެ ބޮޑު ކާމިޔާބީކަމަށް ޠަލާލް ފާހަގަކުރެއްވިއެވެ. “އެންމެ ބޮޑު ކާމިޔާބީގެ ތެރޭގަ އަޅުގަނޑަށް ހީވަނީ ސިފަކުރަންޖެހޭނެ އެއްކަމަކީ ކުޅިވަރު ޖަމިއްޔާތަކުން އަޅުގަނޑުމެންގެ ފަރާތުން މިހޯދާ ޚިދުމަތަށް އެބޭފުޅުންގެ ހިތްހަމަޖެހުން، އެ ހިތްހަމަޖެހުން ތިބޭފުޅުން ރޭޓްކޮށްލައްވައިފިއްޔާ ވަރަށް ކުރީގަ އުޅޭނީ. އެހެންވީމަ ހިތްހަމަޖެހިގެން އަޅުގަނޑުމެންނާއެކު މަސައްކަތްކުރުން އެއީ އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި ސިފަކުރެވެނީ” ޠަލާލް ވިދާޅުވިއެވެ.
ޠަލާލް އިތުރަށް ވިދާޅުވީ ކުޅިވަރުގެ ޤާނޫނަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ކުޅިވަރު އިތުރަށް ކުރިއަރައިގެންގޮސް އެތުލީޓުންނާއި، ކޯޗުންގެ އިތުރުންގެ އޮފިޝަލުންނަށް ހުރި ފުރުސަތުތައްވެސް ގިނަވެއްޖެކަމަށެވެ. އޭގެ ތެރޭގައި ކުޅުންތެރިންނާއި ކޯޗުން އަދި އޮފިޝަލުންގެ އެލަވަންސަށް ގެނެވުނު ބޮޑު ކުރިއެރުންވެސް ފާހަގަކޮށްލެވޭކަމަށާއި އަންނަ އަހަރުގެ ތެރޭގައި އެތުލީޓުންނަށް އިންޝުއަރެންސްވެސް ހަމަޖެހިގެންދާނެކަމުގެ އުފާވެރި ޚަބަރު ކުޅިވަރު ވަޒީރު ދެއްވިކަން ޠަލާލް ފާހަގަކުރެއްވިއެވެ. އަދި ހަމަ އެހެންމެ ސްކޮލަރޝިޕުގެ ފުރުސަތު ދިނުމުގައި “އަރުތަ” ޕްރޮގްރާމުވެސް ހަމަޖެހޭ އުސޫލެއްގެ ތެރެއިން ގެޒެޓުކުރެވިގެން ބައްޓަންވެގެން ދިޔަ ދިއުމަކީ ކުޅިވަރުގެ ދާއިރާއިން ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް ޠަލާލް ސިފަކުރައްވާފަވެއެވެ. “އަންނަ އަހަރުގެ ބަޖެޓުގަ އޮންނާނެކަމަށް ކުޅިވަރު ވަޒީރު އިއުލާންކުރައްވާފަ އޮންނާނެ ކުޅުންތެރިންގެ އިންޝުއަރެންސްގެ ކަންތައް ހަމަޖެހިގެންދާނެކަން. އަދި ހަމަ އެއާއިއެކު ސްކޮލަރޝިޕުގެ ފުރުސަތު ދިނުމުގައި “އަރުތަ” ޕްރޮގްރާމުވެސް ހަމަޖެހޭ އުސޫލެއްގެ ތެރެއިން ގެޒެޓުކުރެވިގެން ބައްޓަންވެގެން ދިޔަ ދިއުންވެސް އެއީ ބޮޑު ކާމިޔާބީއެއް” ޠަލާލް ވިދާޅުވިއެވެ.
ޠަލާލް ވިދާޅުވީ މިސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު ކުޅިވަރުގެ ދާއިރާއަށް ޚާއްސަ އިސްކަމެއް ދެއްވިކަމަށެވެ. އެގޮތުން ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާއާއި ޠަލާލް ހަވާލުވެވަޑައިގަތުމަށްފަހު ކޮމިޝަނުގެ ކަންކަން މީގެ ކުރިން ކުރަމުން އައިގޮތްތައް ބައްލަވާ އެކަންކަމަށް ގެންނަވަންޖެހޭ ބަދަލުތައް ގެންނެވިކަމަށެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ޤައުމީ ކުޅިވަރު އެސޯސީއޭޝަންތަކާއި ބައްދަލުކޮށް އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުނުމަކަށް ޠަލާލް ފާހަގަކުރެއްވިއެވެ. “ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައްދަލުކޮށް، އެމީހުންގެ ފަރާތުން އަޅުގަނޑުމެން މަސައްކަތް ބަހައްޓަންވީގޮތާއި، އެބޭފުޅުންނާ ދޭތެރޭގަ މުޢާމަލާތުކުރަންވީ ކިހިނެތްކަން، ކޮންކަމެއްކަން އެބޭފުޅުން އެންމެ ބޮޑަށް ބޭނުންވަނީ. މިކަންކަމުގެ އަލީގަ އަޅުގަނޑު މަސައްކަތްތައް ބައްޓަންކުރީ” ޠަލާލް ވިދާޅުވިއެވެ.
އެސޯސިއޭޝަންތަކާއި ގާތްގުޅުމެއް ބޭއްވުމަށް އަބަދުވެސް ސަމާލުކަން ދެއްވާކަމަށް ޠަލާލް ވިދާޅުވެފަވެއެވެ. އަދި އެކަން ވަރަށް ކާމިޔާބުކަމާއެކު ކުރެވެމުންދާ ކަމަށް ގަބޫލުކުރައްވާކަމަށް ޠަލާލް ހާމަކުރެއްވިއެވެ. އަދި އެގާތްކަން ކުރިއަށް އޮތްތަނުގައިވެސް އެސޯސިއޭޝަންތަކާއި އެކު އޮންނާނެކަމުގެ ޔަގީންކަން ޠަލާލްވަނީ ދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
