
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު ތާވަލުގެ ފުލުގައި އޮތް ނަމަވެސް، ފަހު ވަގުތާ ޖެހެންދެން މަސައްކަތްކުރާނެ ކަމަށް ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗު ޢަލީ ނިސްތާރު މުޙައްމަދު ބުނެފިއެވެ. ލީގުގެ ފުރަތަމަ ބުުރު ނިމުނުއިރު ތާވަލުގެ ފުލުގައި ގްރީން ސްޓްރީޓްސް އޮތީ ކުޅުނު ނުވަ މެޗުން ލިބުނު ފަސް ޕޮއިންޓާއެކުއެވެ. އަށްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބަށްވެސް ފަސް ޕޮއިންޓް ލިބިފައިވާއިރު، ގްރީން ސްޓްރީޓްސް ފުލުގައި އޮތީ ލަނޑުގެ ތަފާތުންނެވެ.
ފުރަތަމަ ބުރުގައި ކުޅުނު ފަހު މެޗުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ގްރީން ސްޓްރީޓްސް ބަލިވިއިރު، އެ މެޗަށްފަހު ކޯޗު ނިސްތާރު ވަނީ ރެފުރީންގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. “ޕީއެސްއެމް ނިއުސް” އަށް ދިން އިންޓަވިއުއެއްގައި ނިސްތާރު ބުނީ ރެފުރީންގެ ނިންމުންތަކާއެކު ދިވެހި ޕްރިމިއަރ ލީގުގެ ފެންވަރު ވަރަށް ދަށް ކަމަށެވެ. ލީގުގެ ފުލުގައި އޮތް ނަމަވެސް ނިސްތާރު ބުނީ ފަހު ވަގުތާ ޖެހެންދެން އެ ޓީމުން މަސައްކަތްކުރާނެ ކަމަށެވެ. އެކަމަކު ވަރަށް ގިނަ ކަންކަން ރަނގަޅުވާން ޖެހޭ ކަމަށާއި، އެ ޓީމުގެ ފަރާތުން ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅުކުރަން މަސައްކަތްކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން ގްރީން ސްޓްރީޓްސް މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ދެ މެޗު އެއްވަރުވިއިރު، އަނެއް ހަ މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ގްރީން ސްޓްރީޓްސް ނުކުންނާނީ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
