
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ތާވަލުގެ ހަތަރުވަނައިގައި އޮވެ ނިންމާލެވުނު ނަމަވެސް އެ ލީޑު ދެމެހެއްޓުމުގައި ގޮންޖެހުންތައް އަންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ. ފުރަތަމަ ބުރުގެ ކުޅުން ނިންމާލުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ނިޒާމް ބުނީ ޓީމު އޮތް ހާލަތަށް ބަލާފައި ބުރު ސްޕޯޓްސް ކުލަބުން ފުރަތަމަ ބުރުގައި ދެއްކި ކުޅުމާމެދު، ހިތްހަމަޖެހޭ ކަމަށެވެ. އެހެންނަމަވެސް ދެވަނަ ބުރަށް ނިކުންނައިރު ޓީމުތަކުގެ ސްކޮޑްތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ކޯޗު ނިޒާމް ބުނީ، ބުރު ސްޕޯޓްސް ކުލަބުގެ ކުޅުންތެރިންގެ ކުޅުމުގެ އިތުރުން ރަނގަޅު ކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ. އެހެންކަމުން ދެވަނަ ބުރަށް ނިކުންނައިރު މަސައްކަތް ކުރާނީ އެ ހުރިހާ ކަމެއް ރަނގަޅު ކޮށްގެން ނިކުތުމަށް ކަމަށް ނިޒާމް ބުންޏެވެ.
“ރަނގަޅު ކުރަންޖެހޭ ބައެއް ކަންކަން ދެން އެބަހުރި. ބައިވަރު ކަންތައްތައް އޮގަނައިޒިންގައިވެސް ރަނގަޅު ކުރަންޖެހޭ. އެހެންވީމަ އެ ހުރިހާ ކަމެއް ރަނގަޅުކޮށްގެން އަނެއް ބުރަށް ނިކުމެވޭތޯ މަސައްކަތްކުރާނީ. ލީޑު ދެމެހެއްޓުމަށްޓަކައި ވަރަށް ބޮޑު ޗެލެންޖެއް އަންނާނެ. ސްކޮޑްތަކަށްވެސް ވަރަށް ބޮޑެތި ބަދަލުތައް އަންނާނެ ކަމަށް މި ގަބޫލުކުރަނީ” ނިޒާމް ބުންޏެވެ. ލީގުގެ ދެވަނަ ބުރު ފަށާއިރު ޓީމުތަކަށް ބޮޑެތި ބަދަލުތައް އަންނައިރު ފުރަތަމަ ބުރުގައި މި ފެނުނު ކުޅުމަކީ އަދި ކަމެއް ފައިނަލް ކުރެވޭނެ ހިސާބެއް ނޫންކަމާއި، އެއަށްވުރެ ބޮޑުތަނުން ދެވަނަ ބުރުގައި ޓީމުތަކުގެ ކުޅުން ރަނގަޅުކުރާނެ ކަމަށް ނިޒާމް ބުންޏެވެ. ބުރުގެ އަމާޒަކީ ހަރުފަތަކަށް ފަހު ހަރުފަތެއް ކުރިޔަށް ޖެހިލުން ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.
“ދެވަނަ ބުރަށް ވިސްނާލާއިރު ދެން ސްޓޭޖަކަށްފަހު ސްޓޭޖެއް ކުރިޔަށް ނަގަން ވިސްނަން ޖެހޭނީ. ދެން ޓާގެޓް އިނީ އެއް ޓާގެޓެއް. އެއީ ޓީމު މިކުޅޭ ފެންވަރު މިއައްވުރެ ރަނގަޅުކޮށްފައި ރަނގަޅު ޕާފޯމެންސެއް އަންނަ ބުރުގައި ދެއްކުން އެއީ އެންމެ މުހިންމު ކަމަކީ” ނިޒާމް ބުންޏެވެ. ފުރަތަމަ ބުރުގެ ކުޅުން ނިމުނު އިރު ބުރު ސްޕޯޓްސް ކުލަބު ތާވަލުގެ ހަތަރުވަނައިގައި އޮތީ 14 ޕޮއިންޓާއެކުގައެވެ. ތާވަލުގެ ތިންވަނައިގައި އޮތީ 17 ޕޮއިންޓާއެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. ދެވަނައިގައި 22 ޕޮއިންޓާއެކު އޮޑި ސްޕޯޓްސް ކުލަބު އޮތްއިރު 27 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބެވެ.
ބުރާ އެންމެ ކައިރިން ވާދަކުރާ ނިއު ރޭޑިއަންޓުން ވަނީ ދެވަނަ ބުރަށް ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން ބުރުގެ ގޯލު ކީޕަރު މުހައްމަދު ފައިސަލްގެ ސޮއި ހޯދާފައެވެ. އަދި 2024 ވަނަ އަހަރު ބޭއްވި ގޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މިޑްފީލްޑަރު މުހައްމަދު ފާސިރު (ފާއްޓޭ) ގެ ސޮއި ހޯދާފައެވެ. ފުރަތަމަ ބުރުގެ ފަހު މެޗުގައި ބުރު ސްޕޯޓްސް ކުލަބުން ވަނީ 4-1 ލަނޑުން ކުލަބު ވެލެންސިއާ ބަލިކޮށްފައެވެ. ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ކުޅުން ފަށާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ދެވަނަ ބުރުގައި އެންމެ އަވަހަށް ބުރު ސްޕޯޓްސް ކުލަބު ނިކުންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
