
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދުނިޔޭގެ ފިރިހެން ޓެނިސް ރޭންކިންގައި ރާއްޖެއަށް 10 ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެއެވެ. މިއާއެކު ރާއްޖެއޮތީ 141 ވަނައިގައެވެ. ރާއްޖެއަށް މިހާބޮޑު ކުރިއެރުމެއް ފިރިހެން ރޭންކިންގައި ހޯދުނީ އެންމެ ފަހުން ވާދަކުރި ފިރިހެނުންގެ ޓެނިސް ވޯލްޑް ކަޕް ކަމަށްވާ ޑޭވިސް ކަޕް 2025 ގައި ރާއްޖެ ހިމެނޭ އޭޝިއާ/އޯޝޭނިއާ ގުރޫޕް ފަހެއްގެ އެއްވަނަ ލިބުމުންނެވެ. ދުނިޔޭގެ ރޭންކިންގައި ރާއްޖެއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު ޑޭވިސް ކަޕްގައި ވާދަކުރީ ޤައުމީ ޓީމުގެ ކެޕްޓަން ޢަބުދުالله ފާއިހް ފަޒީލް، ދާއޫދު ޝަހީބު، މުޙައްމަދު ކައިސާން އިއްޒަތު ރަޝީދު، އަޙުމަދު ސާއި ވަހީދު އަދި އާދަމް އާލް ނިޔާޒެވެ.
ރާއްޖެ ވަނީ އޭޝިއާ/އޯޝޭނިއާ ގުރޫޕް 5ގެ ޑީގެ އެއްވަނައަށް ދަތުރުކޮށް ކުޅުނު ޕްރޮމޯޝަން ޕްލޭ އޮފްގައި ގުރޫޕް އޭގެ ޗެމްޕިއަން ނޮދަން މެރިއާނާ އައިލެންޑްސް އަތުން ބަލިވެފައެވެ. އެހެންނަމަވެސް މިއީ ޓެނިސް ވޯލްޑް ކަޕްގައި ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. މީގެ ކުރީ އަހަރުތަކުގައި ގުރޫޕުގެ އެއްވަނައާ ހަމައަށް ނުދެވުނަސް މިއަހަރު ކުޅުންތެރިން މި ހޯދި ކާމިޔާބީއަކީ ޓެނިސް ކުރިއަރަމުން އަންނަކަމުގެ ހެއްކެއްކަމަށް ޓެނިސް އެސޯސިއޭޝަނުން ފާހަގަކުރެއެވެ. ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތީ ފިރިހެނުންގެ ޓެނިހުގެ ދުނިޔޭގެ ގަދަބާރު ކަމަށްވާ އިޓަލީއެވެ. ދެވަނައިގައި ޖާރމަނީ އަދި ތިންވަނައިގައި އޮތީ ސްޕެއިންއެވެ. ޖާރމަނީ ވަނީ އެއް ދަރަޖައިގެ ކުރިއެރުމެއް ހޯދައިފައެވެ. ސްޕެއިން ވަނީ 7 ދަރަޖައިގެ ކުރިއެރުމެއް ހޯދައިފައެވެ. ދުނިޔޭގެ ރޭންކިންގައި މިއަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދީ 21 ދަރަޖަ ކުރިއަށް ޖެހިލާ ރޭންކިންގެ 121 ވަނަ މަގާމު ހޯދި ތުރުކުމެނިސްތާނެއެވެ.
އޭޝިއާގެ ޤައުމުތަކަށް ބަލާއިރު މި ގައުމުތަކަށް ރޭންކިންގައި އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އެގޮތުން ކުރިއެކޭ އެއްގޮތަށް އެންމެ ކުރީގައި އޮތީ 22 ވަނައިގައި އޮތް ކޮރެއާ ރިޕަބްލިކެވެ. ޖަޕާން އޮތީ ދުނިޔޭގެ ރޭންކިންގެ 23 ވަނައިގައެވެ. 28 ވަނައިގައި އޮތީ ޗައިނީޒް ތައިޕޭއެވެ. ކަޒަކިސްތާނު އޮތީ 31 ވަނައިގައެވެ. އިންޑިއާ އޮތީ 33 ވަނައިގައެވެ. ޕާކިސްތާނު އޮތީ 55 ވަނައިގައެވެ. ޗައިނާ އޮތީ 59 ވަނައިގައެވެ. ތައިލޭންޑް އޮތީ 66 ވަނައިގައެވެ. އިންޑޮނީޝިއާ އޮތީ 70 ވަނައިގައެވެ. މީގެ އިތުރުން މެލޭޝިއާ އޮތީ 78 ވަނައިގައެވެ. ސަޢޫދީ ޢަރަބިއްޔާ އޮތީ 79 ވަނައިގައެވެ. ޖޯޑަން އޮތީ 84 ވަނައިގައެވެ. 88 ވަނައިގައި އޮތީ ވިއެޓްނާމެވެ. ސިންގަޕޫރު އޮތީ 89 ވަނައިގައެވެ. ސްރީލަންކާ އޮތީ 99 ވަނައިގައެވެ. ކުވެއިތު އޮތީ 100 ވަނައިގައެވެ. ކިރްގިސްތާނު އޮތީ 102 ވަނައިގައެވެ. ގަތަރު އޮތީ 110 ވަނައިގައެވެ. ފިލިޕީންސް އޮތީ 115 ވަނައިގައެވެ.
ބަހްރެއިން ވަނީ 15 ދަރަޖައިގެ ކުރިއެރުމަކާއެކު 124 ވަނައިގައެވެ. އަދި ޔޫއޭއީ އޮތީ 13 ދަރަޖައިގެ ކުރިއެރުމަކާއެކު 127 ވަނައިގައެވެ. އީރާން ވަނީ 4 ދަރަޖަށް ވެއްޓި ރޭންކިންގެ 128 ވަނައިގައެވެ. ލާއޯސް ވަނީ 2 ދަރަޖައިގެ ކުރިއެރުމަކާއެކު 134 ވަނައިގައެވެ. ނޭޕާލް އޮތީ 6 ދަރަޖައިގެ ވެއްޓުމަކާއެކު 137 ވަނައިގައެވެ. ބަނގްލަދޭޝް އޮތީ އެއްވެސް ކުރިއެރުމެއް ނުލިބި ރޭންކިންގެ 148 ވަނައިގައެވެ. މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން 5 ދަރަޖައިގެ ވެއްޓުމަކާއެކު ރޭންކިންގެ އެންމެ ފުލުގައި އޮތީ ބޫޓާނެވެ. އެގައުމު އޮތީ 160 ވަނައިގައެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
