
(ފޮޓޯ ކްރެޑިޓްސް: ހެލްތް މިނިސްޓްރީ)
ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވެފައިވަނީ، ބިދޭސީންގެ ސިއްޙީ މައްސަލަތަކަށް މިއަދު މަސައްކަތް ނުކޮށްފިނަމަ އާންމު ސިއްޙަތުގެ ދާއިރާއަށް ދަތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އެހެންކަމުން ބިދޭސީންނަށް ފުރިހަމަ ސިއްޙީ ފަރުވާ ލިބިދިނުމަށް ކުރާ މަސައްކަތް ކާމިޔާބުކުރުމަށް ހުރިހާ މުވައްސަސާއެއްގެ ބައިވެރިވުމަށް ވަޒީރުވަނީ އެދިވަޑައިގެންފައެވެ. މިކަން މިގޮތަށް ހާމަކުރެއްވީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އާއި ޤައުމީ ޔުނިވަރސިޓީ ގުޅިގެން ކުރިއަށްގެންދާ “އާންމު ސިއްޙަތުގެ ހެލްތު ކޮންފަރެންސް” އިފްތިތާޙުކޮށްދެއްވަމުންނެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ދިރިއުޅޭ ކޮންމެ ހަތަރު މީހަކުން އެކަކީ ބިދޭސީއެއްކަމަށާއި، ރާއްޖޭގައި ނެތް ނުވަތަ ނައްތާލެވިފައިވާ ބަލިތައް ބިދޭސީން އަންނަ ގައުމުތަކުގައި އުޅޭތީ، އެމީހުންގެ ސިއްޙަތު ރަނގަޅުކުރުން މުޅި ޤައުމުގެ ސިއްޙަތަށް މުހިންމު ކަމަށެވެ. މި ކޮންފަރެންސްގައި ބިދޭސީންގެ ސިއްޙަތާ ބެހޭ ޤައުމީ ސިޔާސަތު ތަންފީޒުކުރުމާއި، އެމީހުންނަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ހުރި ހުރަސްތަކާއި، މިކަމަށް ލިބިގެންދާނެ ހައްލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިކަންކަމުގައި ބިދޭސީންގެ ކަންކަމުގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކާއި، ސަރުކާރުގެ މުވައްސަސާތަކުން ބައިވެރިވާނެއެވެ. މިއީ މިކޮންފަރެންސް ބާއްވާ ދެވަނަ ފަހަރެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
