
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ނިމިފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ. މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލަނީ އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދައުލަތުން ބަލައިގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި މަސްވެރިން ކަނޑައެޅުމަށެވެ. މަސްވެރިންގެ ޤައުމީ ދަފްތަރު އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. މިސަރުކާރުގެ ވަޢުދާ އެއްގޮތަށް މަސްވެރިންގެ ޤައުމީ ދަފުތަރުގެ އިތުރުން ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިންގ ފަދަ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސަވާނޭކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ދަފްތަރު އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވައިގެން މަސްވެރިންނަކީ ދައުލަތުން ބަލައިގަންނަ ބައެއްގެ ގޮތުގައި ހެދުމަށް ފެށްޓެވި މަސައްކަތެއްކަމަށެވެ. މި ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ނިމިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިހާރު ކުރިއަށްދަނީ އިތުރަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކާއި އަލަށް މަސްވެރިކަމަށް ނިކުންނަ ފަރާތްތައް ރަޖިސްޓްރީކުރުމުގެ މަސައްކަތްކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހެ ވުޒާރާ)
މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް ވިދާޅުވީ މި ދަފްތަރު އެކުލަވާލުމުގެ ނަތީޖާއަކަށް ވަނީ އެހެން އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެކޭ އެއްގޮތަށް މަސްވެރިންނަކީވެސް ދައުލަތް ދަންނަ ބޭންކުތައް ދަންނަ ބައެއްކަން ކަށަވަރުވެގެން ދިޔުންކަމަށެވެ. މި ދަފްތަރުގެ ޒަރިއްޔާއިން މަސްވެރިންނަށް ބޭންކުތަކުގެ އެކި ފެސިލިޓީތަކަށް ވާސިލްވެވި މަސްވެރިންނަކީ އާމްދަނީ ލިބޭ ބައެއްކަން ކަށަވަރުވާނެކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. އަދި ބޭންކުތަކުގެ އެކި ލޯން ސްކީމްތަކުން ޖާގަލިބި ސަރުކާރުން ހުޅުވާލާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކުން މަސްވެރިންނަށް ފުރުޞަތު ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
“މިއަށް ވުރެއް ބޮޑު އުފާވެރިކަމެއް މަސްވެރިކަމުގެ އާއިލާތަކަށް ނުލިބޭ. މަސްވެރި އާއިލާތަކުން ބޮޑެތި ހޭދަތައް ކުރަން ޖެހޭ. ގެދޮރު އިމާރާތް ކުރުމަށް ލޯނު ހޯދަން ޖެހޭ. ކުދިންނަށް ކިޔަވައިދޭން ލޯނު ހޯދަން ޖެހޭ. އެކި ކަހަލަ ފެސިލިޓީސް ހޯދަން ޖެހޭ. މަސްވެރިޔާއަކީ ބައްޕައަކީ މަސްވެރިކަން ކުރައްވާ ބޭފުޅެއް އާމްދަނީ ލިބޭ މަސައްކަތެއް ކުރައްވާ ބޭފުޅެއްކަމަށް އެއްވެސް ތަނެއްގައި މައުލޫމާތެއް ނުއެއް ހުރޭ. އެކަމަކު މިއަދު އެ މަސްވެރިއާއަކީ އާމްދަނީ ލިބޭ މަސައްކަތެއް ކުރައްވާ ބޭފުޅެއްކަން ކަށަވަރު އެބަވޭ.” ވަޒީރު ޝިޔާމް ވިދާޅުވިއެވެ. މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް މިދައުރުގެ ތެރޭގައި ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
