
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، އައިކާއޯ އޮޑިޓުން ރާއްޖެއަށް 14 އިންސައްތައިގެ ކުރިއެރުމެއް ލިބި، މަދަނީ އުދުހުންތަކުގެ ސިނާޢަތް އިތުރަށް ހަރުދަނާވެފައިވާ ކަމަށެވެ. ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ދުވަހާއި ގުޅިގެން ދެއްވި ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ، 2014 ވަނަ އަހަރުގެ އޮޑިޓަށްވުރެ މިފަހަރު 79 އިންސައްތައިގެ ވަގުތީ ނަތީޖާއެއް ލިބިފައިވާކަމަށާއި، މިއީ ސިނާޢަތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއް ކަމަށެވެ. ރާއްޖޭގެ އޭވިއޭޝަން ސިނާޢަތުގެ މަސައްކަތްތައް ބައްޓަންކުރެވިފައިވަނީ އައިކާއޯގެ “ސޭފް ސްކައިސް އެންޑް ސަސްޓެއިނަބަލް ފިއުޗަރ ފޯ އޯލް” ޝިޢާރާ އެއްގޮތަށް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތްތަކުގެ ތެރޭގައި ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލް ބޭނުންކުރަން ފެށުމާއި ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ހުޅުވުން ފާހަގަކުރެއްވިއެވެ. އަދި މޯލްޑިވިއަންގެ ވައިޑް ބޮޑީ އޮޕަރޭޝަންތައް ފެށުމާއި ގައުމީ އަދި އަމިއްލަ އެއަރލައިންތަކުން ފްލީޓު ބޮޑުކުރުމަށް މަސައްކަތްކޮށްފައިވެއެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއް ވައިގެ ދަތުރުފަތުރުން ގުޅުވާލުމަށް 8 އަތޮޅެއްގައި 12 އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން 37 އެއަރ ސާވިސް އެގްރީމެންޓާއި 16 އެމްއޯޔޫގައި ސޮއިކޮށް، ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަކޮށްފައިވެއެވެ. މި ސިނާޢަތުގައި ދިވެހިންނަށް އެކަނި ހަރަކާތްތެރިވެވޭ ގޮތަށް ޤަވާއިދުތައް ބަދަލުކޮށްފައިވާކަމަށާއި، ފްލޯޓް ޕްލޭން އޮޕަރޭޝަންގައި ރާއްޖެއިން ހޯދާފައިވާ ފަންނީ ތަޖުރިބާ އެހެން ޤައުމުތަކާއި ހިއްސާކުރަމުންދާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މިހާރު ހޯދަމުންދާ ކުރިއެރުންތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ސިޔާސަތުތަކުގެ ތެރެއިން ކުރެވޭ މަސައްކަތްތަކެއް ކަމަށާއި، މިއަދަށް ވުރެ ފަހި މާދަމާއެއް ހާސިލްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
