
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރަމުންދާ 55 ކައުންސިލް އިދާރާގެ މަސައްކަތްތައް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާ، ކައުންސިލްތަކާ ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށެވެ. މި މަސައްކަތްތައް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
HEP Dr Muizzu @MMuizzu ge sarukaarun, Contractor Finance usoolun Council idhaaraathah imaaraaiy kurumah hingaa mashroou (55 councils project) ge masakkaiy baarah kuriah. June ge niyalah mulhi mashroou nimmai, council thakah thalhudhandi havaalu kureveyne. IA@presidencymv… pic.twitter.com/EVp0gMl9q8
— Adam Shareef Umar (@Adamshareefz) December 7, 2025
ރައީސް މުޢިއްޒުގެ ސަރުކާރުން ޖުމްލަ 105 ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 55 ކައުންސިލް އިދާރާގެ މަސައްކަތް ކުރިއަށް ގެންދަނީ އާރުސީސީއާ ޙަވާލުކޮށްގެންނެވެ. އަދި ބާކީ 50 ކައުންސިލް އިދާރާ ތަރައްޤީކުރަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. ޗައިނާގެ އެހީގައި ތަރައްޤީކުރާ މި ޢިމާރާތްތަކަކީ ޕްރީ-ފެބްރިކޭޓެޑް އިމާރާތްތަކެއް ކަމަށާއި، މި މަސައްކަތް އަންނަ އަހަރުގެ ކުރީ ކޮޅު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަށް ފަންޑުކުރަނީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ (ސިޑްކާ) އިންނެވެ. މިހާރު ހުރި ކައުންސިލް އިދާރާތަކަކީ ބާވެ، ޖާގައިގެ ގޮތުން ކުޑަ ތަންތަން ކަމުން، އައު އިމާރާތްތަކަކީ ތަނަވަސް ޖާގަ ހުންނާނެ ތަންތަން ކަމަށް ވުޒާރާއިން ބުނެއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ނިމޭއިރު %75 ކައުންސިލް އިމާރާތްތަކުގެ މަސައްކަތް ނިންމައި، ޚިދުމަތްތައް ބަދަލުކުރުމެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
