
(ފޮޓޯ ކްރެޑިޓްސް: ޕޮލިސް)
ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައި ހުރި އުޅަނދުތަށް ނެގުމަށް ފަށާފައިވާ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 252 އުޅަނދެއް ނަގާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ދަތުރުފަތުރާއި މަދަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކާއެކު ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 މަގުތަކާއި ހުސް ބިންތަކަށް، ދޫކޮށްލާފައި ހުރި ބޭނުން ނުކުރާ އުޅަނދުތައް ނެގުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިއީ ހުޅުމާލޭގެ މަގުތަށް ބޭނުން ކުރުމަށް ދިމާވާ ދަތިތަށް ހައްލު ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. މިއީ ތިން ދުވަހުގެ މުއްދަތަަށް ކުރިއަށް ގެންދާ ޕްރޮގްރާމެެކެވެ.
މި ޕްރޮގްރާމުގެ އަދާހަމަ ހިއްސާކޮށްދެއްވާ ފުލުހުން ވިދާޅުވީ ޕްރޮގްރާމުގެ ތެރެއިން އުޅަނދުތަށް ނަގަން ފެށިފަހުން 24 ގަޑިއިރު ތެރޭ 252 އުޅަނދެއް ހުޅުމާލޭގެ އެކި ސަރަަހައްދުތަކުން ނަގާފައިވާ ކަމަށެވެ. ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 އިން ނެގި މި އުޅަނދުތަށް މިހާރު ތިލަފުއްޓަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އުޅަނދުތަކާއި މެދު ޢަމަލުުރާނީ އާންމުކޮށް ޓޯވް ކުރާ އުޅަނދުތަކާއި މެދު ޢަމަލުކުރަން އޮންނަ އުސޫލުގެ ތެރެއިން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން ނަގާފައިވާ އުޅަނދުތަކަކީ، ބައުވެ، ގިނަ ދުވަސްތަކެއް ވަންދެން މަގުތަކުގައި ބޭނުންނުކޮށް ބަހައްޓާފައިވާ އުޅަނދުތައް ކަމަށެވެ. މީގެ އިތުރުން އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އަދި އެއްވެސް ގޮތަކަށް ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތައްވެސް ނަގާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވަނީ ޕްރޮގްރާމު ދަށުން އުޅަނދުތަށް ނަގަން ފަށާފައިވަނީ އޮންނަ އުސޫލުގެ ތެރެއިން ކުރިއާލާ އުޅަނދުތަށް ނެގުމަށް އިއުލާންކޮށްގެން ފާހަގަކޮށްފައެވެ. އަދި ޓޯވް ކުރާ އުޅަނދުތަކާއި މެދު ޢަމަލުކުރާ އުސޫލުގެ ތެރެއިން، އެކަށީގެންވާ މުއްދަތެއް ދިނުމަށް ފަހު ފުލުހުން މި އުޅަނދުތަށް ނައްތާލާނެއެވެ. ހުޅުމާލޭގެ މަގުތަކުގައި އަދި ހުސް ބިންތަކުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅަނދުތައް ބަހައްޓާފައި ހުންނަ ކަމުގެ ޝަކުވާ ފުލުހުންނަށް ލިބޭކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން މަގުތަށް ބޭނުން ކުރާ ފަރާތްތަކަށް ދަތިވެ ޕާކިން ޖާގަތަށް ގެއްލޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވަނީ އުޅަނދެއް ބާއުވެ ދޫކޮށްލާ ނަމަ މަގުމައްޗަށް ދޫކޮށްލުމުގެ ބަދަލުގައި އޮންނަ އުސޫލުގެ ތެރެއިން އުޅަނދު ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
