
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް 7،000 އޮފިޝަލުން ބޭނުންވާއިރު، މިހާތަނަށް 3،000 މީހުން ވަނީ ކުރިމަތިލާފައެވެ. މިދިޔަ މަހުގެ 18 ގައި އޮފިޝަލް ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މިމަހުގެ 21 ވަނަ ދުވަހަށް އެ މުއްދަތު ހަމަވާނެއެވެ. އިލެކްޝަންސް ކޮމިޝަންގެ ޓްރެއިނަރ ފާތިމަތު ޒުހުދާ ވިދާޅުވީ، އޮފިޝަލް ކަމަށް ކުރިމަތިލުމަށް ގިނަ ބަޔަކު ޝައުޤުވެރިކަން ދައްކާފައިވީ ނަމަވެސް، މައި ޕޯޓަލް މެދުވެރިކޮށް ކުރިމަތިލުމުގައި ދަތިތަކެއް ހުރިކަން ފާހަގަވާ ކަމަށެވެ. އެފަދަ ދަތިތައް ދިމާވާ ފަރާތްތަކުން 1414 އަށް ގުޅުމުން އެހީތެރިކަން ލިބޭނެއެވެ. އޮފިޝަލުން ތަމްރީން ކުރާނެ ޓްރެއިނަރުން ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށާއި، ޓްރެއިނަރުންނާއި އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތް އަންނަ ޖެނުއަރީ މަހުން ފެށިގެން ރޯދަ މަސް އައުމުގެ ކުރިން ފެށުމަށް ވަނީ ހަމަޖެހިފައެވެ. އުމުރުން 18 އަހަރުވެފައިވާ، ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާނުކުރާ ކޮންމެ މީހަކަށް އޮފިޝަލަކަށް ވެވޭނެއެވެ.
އޮފިޝަލުންނަށް އުޖޫރައާއި، ކެއުމާއި ސައިގެ އެލަވަންސް އަދި އިތުރު ގަޑީ ފައިސާ ދިނުމަށް ނިންމާފައިވާއިރު، ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް 2900 ރުފިޔާ، ވެރިޔާގެ އެހީތެރިންނަށް 2600 ރުފިޔާ، އާދައިގެ އޮފިޝަލުންނަށް 2300 ރުފިޔާ، ގުނާ އޮފިޝަލުންނަށް 1800 ރުފިޔާ އަދި ރިޒަރވް އޮފިޝަލުންނަށް 1000 ރުފިޔާ ލިބޭނެއެވެ. ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
