
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެކަކު 100 އަށްވުރެ ގިނަ ކާޑު ބޭރު ޤައުމަކަށް ގެންގޮސް ބޭރު ފައިސާ ނަގާފައިވާކަން ވަނީ ހާމަކުރައްވާފައެވެ. މިދިޔަ މަހުން ފެށިގެން ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ރާއްޖެއިން ބޭރުގައި ބޭނުންކުރާ އަދަދު ވަނީ އިތުރުކޮށްފައެވެ. މިގޮތުން ކާޑު މެޝިނުގައި ބޭނުން ކުރާ މުއާމަލާތްތަކަށް މަހަކަށް 1000 ޑޮލަރު، އަދި ޓިކެޓާއި ހޮޓެލް ބުކިންގ އަށާއި، ޞިއްހީ ފަރުވާއަށް ފައިސާ ދެއްކުމަށް މަހަކަށް 3000 ޑޮލަރާއި ހަމަޔަށް ވަނީ ލިމިޓު ކަނޑައަޅާފައެވެ.
ނަމަވެސް، ބައެއް ކަސްޓަމަރުން އެމީހުންގެ އަމިއްލަ ބޭނުމަށް ނަގާފައިވާ ކާޑުތައް އެހެން ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ދޭކަން ފާހަގަކުރެވިފައިވެއެވެ. މިގޮތުން އެކަކު 100 އަށްވުރެ ގިނަ ކާޑު ބޭރު ޤައުމަކަށް ގެންގޮސް، ވަކި މާރޗެންޓެއްގެ ކާޑު މެޝިނުގައި ބޭނުންކޮށް ބޭރު ފައިސާ ހޯދާފައިވާ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. އަދި ރާއްޖެއިން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދަކަށް ޓިކެޓާއި ހޮޓެލް ބުކިންގ ލިމިޓް ބޭނުންކުރާކަންވެސް ފާހަގަކުރެވިފައިވެއެވެ. ބީއެމްއެލްއިން ވިދާޅުވީ، ތިންވަނަ ފަރާތަކަށް ކާޑު ދިނުމާއި ނަހަމަ ގޮތުގައި ކާޑު ބޭނުންކުރުމަކީ ކާޑުގެ ވެރިފަރާތާއި ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށެވެ. އަދި ޕަރސަނަލް ކާޑުން ބޭރުގެ މުޢާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަކީ، އެ ކާޑުގެ ވެރިފަރާތުގެ ހަމައެކަނި އަމިއްލަ ބޭނުންތަކަށް ހުރި ލިމިޓެއް ކަމަށެވެ. މިފަދަ އަމަލުތަކަކީ ފައިސާގެ މުޢާމަލާތް ހިންގުމުގެ އުސޫލުތަކާ ޚިލާފު ކަމެއް ކަމުން، ކުރިޔަށް އޮތްތާނގައި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށާއި، ކާޑުތަކުގެ ލިމިޓް ކަނޑާލުމާއި ވަކި މާރޗެންޓުތަކުގައި މުޢާމަލާތް ނުކުރެވޭ ގޮތް ހެދުން ފަދަ ފިޔަވަޅުތައް އަޅަންޖެހިދާނެ ކަމަށް ބޭންކުން ވަނީ އަންގާފައެވެ.
ބީއެމްއެލްއިން މި ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދެވޭނީ، ނަހަމަ ގޮތުގައި ކާޑު ބޭނުންކުރުން ހުއްޓުނީމާ ކަމަށް ބަޔާންކުރައްވައެވެ. އެހެންކަމުން، ކާޑުގެ ވެރިފަރާތުގެ އެކައުންޓްގެ ރައްކާތެރިކަމަށާއި، ޤަވާއިދުތަކާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރު ކުރުމަށްޓަކައި، އަމިއްލަ ކާޑު އެހެން ފަރާތްތަކަށް ފައިދާ ނެގުމަށް ނުދިނުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
