
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރާއްޖޭގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ޚާއްސަކޮށް، އަންނަ މަހު “ޒަކާތު ބެނެފެޝިއަރީ ކާޑެއް” ތަޢާރަފު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ކާޑު އުފެއްދުމުގެ މައިގަނޑު މަޤުސަދަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ޒަކާތު ހައުސްގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތު ކަމަށްވާ، ފަޤީރުން ތަނަވަސް ހާލަތަކަށް ގެނައުމަށް އެހީތެރިވުމެވެ.
މި ކާޑަކީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ޚިދުމަތް ދިނުމުގެ ނިޒާމު ޒަމާނީކޮށް، ފަސޭހަކޮށްލުމަށް އެޅޭ ފިޔަވަޅެކެވެ. މި ކާޑުން އޭނާއަކީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހެއްކަން ދެނެގަނެވޭނެއެވެ. ޒަކާތު ހައުސްއިން ދޭ އެހީތައް، މިސާލަކަށް ރަމަޟާން މަހު ކާބޯތަކެތި ގަތުމަށް ކަނޑައަޅާފައިވާ ފައިސާ، މި ކާޑު މެދުވެރިކޮށް ކަނޑައެޅިފައިވާ ފިހާރަތަކުން ބޭނުންކުރެވޭނެއެވެ. ޒަކާތު ހައުސްއާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ތަޢާރަފްކުރާ މި ކާޑު އަންނަ ޖަނަވަރީ މަހު އިފްތިތާޚު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
މި ނިޒާމުގެ ސަބަބުން ފަޤީރުން އޮފީސްތަކަށް ހިނގަންޖެހޭ މިންވަރު މަދުވެ، ޚިދުމަތްތައް ފަސޭހައިން ލިބިގެންދާނެއެވެ. އަދި މި ކާޑުން އާސަންދަ ސްކީމުގެ ދަށުން ކަވަރ ނުކުރާ ސިއްޙީ ޚަރަދުތައް ޒަކާތު ފަންޑުން ކަވަރ ކޮށްދިނުމުގެ ފުރުސަތު ލިބި، ބޯހިޔާވަހިކަމާއި ތަޢުލީމާ ގުޅުންހުރި އެހީތައްވެސް ފޯރުކޮށްދެވޭނެއެވެ. ޒަކާތު ހައުސްއިން ފާހަގަކުރާ ގޮތުގައި، މި ކާޑަކީ ފަޤީރުންނާއި މިސްކީނުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެޅުނު މުހިންމު ބިންގަލެކެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
