
ޖެނުއަރީން ފެށިގެން ސިޔާސީ ޕާޓީތަކުން ވަގުތުން ވަކިވެވޭ ގޮތަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. މިހާރު އެ ކޮމިޝަނުން ސިޔާސީ ޕާޓީގެ ދަފްތަރުން މެންބަރަކު ވަކިކުރަނީ، ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން 14 ދުވަހުގެ ތެރޭގައެވެ. އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ސަލާހު ރަޝީދު ވިދާޅުވީ، އެ ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އާންމު މެންބަރުންނަށް ސިޔާސީ ޕާޓީތަކުގެ ދަފުތަރުން ވަކިވުމަށް ހުށަހެޅޭ ގޮތް މިހާރު ހަމަޖައްސާފައިވާއިރު، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޕާޓީތަކުން ވަގުތުން ވަކިވެވޭ ގޮތަށް ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ.
މި ބަދަލުތައް ގެނައި ނަމަވެސް ސިޔާސީ ޕާޓީތަކުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ޕާޓީން ވަކިވާން އެދޭ ހާލަތުގައި ވަގުތު ނަގާނެ ކަމަށް ސަލާހު ވިދާޅުވިއެވެ. އެގޮތުން ޕާޓީގެ ޗެއަރޕާސަނާއި، ރައީސާއި، ހަޒާންދާރާއި، ރަޖިސްޓްރާ ފަދަ މަޤާމުތަކަކީ ކޮމިޝަނުގެ ރެކޯޑުގައި ހިމެނެންޖެހޭ ބަޔަކަށްވާތީ ނަގާ ވަގުތެއް ކަމަށްވެސް ވިދާޅުވިއެވެ. ޤާނޫނު އަސާސީގެ ދަށުން މަޖިލިސް މެންބަރުން އިންތިޚާބުވާ ސިޔާސީ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެއެވެ. އަދި ޤާނޫނަށް މިފަހުން ގެނައި އިސްލާހުގެ ދަށުން ކައުންސިލަރުންވެސް ޕާޓީ ބަދަލު ކުރުމުން ނުވަތަ ވަކިވެއްޖެނަމަ ގޮނޑި ގެއްލޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. އެފަދަ ބޭފުޅެއް ވިޔަސް ޕާޓީން ވަކިވާން ޕޯޓަލް މެދުވެރިކޮށް އެދުމުން އަންނަ ޖެނުއަރީ މަހުން ފެށިގެން ވަގުތުން ޕާޓީން ވަކިކޮށްދޭނެ ކަމަށްވެސް ސަލާހު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދޭ ފޯމު ޕްރޮސެސް ކުރުމަށް 3 ދުވަހުގެ މުއްދަތެއް މިހާރު ނަގާކަން ފާހަގަކުރައްވައި ސަލާހު ވިދާޅުވީ، އެކަންވެސް ވަގުތުން ކުރެވޭ ގޮތަށް ބަދަލު ކުރުމަށް މަޝްވަރާތައް ކުރައްވަމުންދާ ކަމަށެވެ. މިއީ ޕާޓީއަކުން ވަކިވެ، އެހެން ޕާޓީއެއްގެ މަޤާމަކަށް ކުރިމަތިލާން ނުވަތަ އެތެރޭގެ އިންތިޚާބެއްގައި ވާދަކުރަން ބޭނުންވި ނަމަވެސް، 14 ދުވަހުގެ މުއްދަތު އޮތުމުން އެކަމަށް ހުރަސްއެޅޭ ކަމުގެ ޝަކުވާތަކާއި، ބައެއް ޕާޓީތަކުން މެމްބަރުން ވަކިވިޔަ ނުދީ ހިފަހައްޓާ ކަމުގެ ޝަކުވާތަކުގެ ސަބަބުން ގެންނަ ބަދަލެއް ކަމަށްވެސް ސަލާހު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
