
(ފޮޓޯ ކްރެޑިޓްސް: ޝޯޝަލް މީޑިއާ)
ފަލަސްޠީނުގައި ހިނގަމުންދާ ޤަތުލުޢާންމާ ގުޅިގެން ޔަހޫދީންނާ މެދު ފިޔަވަޅު ނޭޅުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތައް ނުނެގެހެއްޓޭކަމުގެ ހެއްކެއް ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދޯހާ ފޯރަމް 2025 ގެ ރައުންޑް ޓޭބަލް ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ބައްދަލުވުން ބޭއްވީ ބައިނަލްއަޤުވާމީ ޤާނޫނާއި އިންސާފުގެ ނިޒާމު ނެގެހެއްޓުމުގެ މުހިންމުކަމުގެ ދަށުންނެވެ. ޑރ. ޚަލީލް ފާހަގަކުރެއްވީ ކޮންމެ ޤައުމެއްގެ މައްޗަށް ވެސް އިންސާފު ނެގެހެއްޓެންޖެހޭ ކަމަށާއި، މިހާރު މިއީ ޔަހޫދީން އިންސާފުގެ ކުރިމައްޗަށް ގެނެސް، ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ޤައުމުތައް ގުޅިގެން މަސައްކަތްކުރަންވީ ވަގުތު ކަމަށެވެ.
ފަލަސްޠީނުގެ މައްސަލައަށް ހައްލެއް ނުލިބި، އިންސާފު ލަސްވުމަކީ ބައިނަލްއަޤުވާމީ ޤާނޫނު ނެގެހެއްޓުމަށް ނުކުޅެދޭކަން ދައްކުވައިދޭ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖެއިން ޑިޕްލޮމަސީގެ އުޞޫލުތައް ދެމެހެއްޓުމަށާއި، ބައިނަލްއަޤުވާމީ އިންސާފު ޤާއިމުކުރުމުގައި ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ދެމިއޮންނާނެ ކަމަށާއި، ހަމަހަމަކަމާއެކު ކޮންމެ ޤައުމެއްގެ މައްޗަށް ވެސް އިންސާފު ޤާއިމުކުރުމަށް މަޝްވަރާކޮށް ގުޅިގެން މަސައްކަތްކުރުން މުހިންމުކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ. ޤަތަރުގެ ދޯހާގައި ކުރިއަށްދާ މި ފޯރަމަކީ ދުނިޔޭގެ އެކި ލީޑަރުން އެއްވެ ގްލޯބަލް މައްސަލަތަކާ މެދު މަޝްވަރާކުރާ މަންސައެކެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
