
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދެކުނު އޭޝިޔާ ސަރަޙައްދަށް އެރި ބާރުގަދަ ތޫފާން، ދިތުވާއާ ގުޅިގެން އުފެދިފައިވާ ކޮޅިގަނޑުގެ މިސްރާބު އަނެއްކާ ވެސް ހުރީ އިންޑިޔާގެ ތަމިލް ނާޑޫ ސްޓޭޓްގެ ވެރިރަށް ޗެންނައިއާ ދިމާލަށް ކަމުގައި އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ. އެ ކޮޅިގަނޑު މި ވަގުތު އޮތީ ތަމިލް ނާޑޫ ސްޓޭޓްގެ އުތުރުން ބޭ އޮފް ބެންގަލް ކަނޑުގެ ސަރަޙައްދުގައެވެ. މޫސުމާ ބެހޭ އިދާރާއިން ބުނީ، އެ ކޮޅިގަނޑުގެ މިސްރާބު ދެކުނަށް ބަދަލުވެފައިވާ ކަމަށާއި، އަލުން ތަމިލް ނާޑޫ ސްޓޭޓްގެ ސަރަޙައްދުތަކަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމުގައެވެ.
ކޮޅިގަނޑާ އެކު 40އާއި 60 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި ވައިޖެހެމުންދާއިރު ޗެންނައިގެ އިތުރުން ތަމިލް ނާޑޫ ސްޓޭޓްގެ ހަތަރު ސަރަޙައްދަކަށް ކޮޅިގަނޑުގެ އަސަރު ކުރާނެ ކަމުގައި މޫސުމާ ބެހޭ އިދާރާއިން އިންޒާރު ކުރިއެވެ. އެއީ، ތިރުވައްލޫރް، ކާންޗީޕޫރަމް އަދި ސެންކަލްޕައްޓޫއެވެ. ކޮޅިގަނޑާ އެކު އެ ސަރަޙައްދުތަކުގައި އާދަޔާ ޚިލާފަށް ވައިބާރުވެ، ބޯކޮށް ވާރޭވެހެނޭ ކަމުގައި މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ. އެ ސަރަޙައްދުތަކަށް މިހާރު ވެސް ދަނީ މެދުކެނޑުމެއް ނެތި ވާރޭ ވެހެމުންނެވެ. ތަމިލް ނާޑޫގެ އިތުރުން އަންދްރަ ޕްރަދޭޝް ސްޓޭޓްގެ ސަރަޙައްދުތަކަށް ވެސް ކޮޅިގަނޑުގެ އަސަރު ކުރާނެ ކަމުގައި މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.
ތޫފާން ދިތުވާއާ ގުޅިގެން ޗެންނައިގެ އިތުރުން ތިރުވައްލޫރާއި ކާންޗީޕޫރަމްގައި މަދަރުސާތަކާއި ޔުނިވަރސިޓީތަކުގެ އިތުރުން ކޮލެޖުތައް ވަނީ ބަންދު ކޮށްފައެވެ. އެ ރަށްތަކުގެ އޮފިޝަލުން ބުނީ، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ޑިސެންބަރު 2ވަނަ ދުވަހަކީ ވެސް މަދަރުސާތައް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމުގައެވެ. ތޫފާން ދިތުވާއާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކުގައި ތަމިލް ނާޑޫ ސްޓޭޓުން ތިން މީހުން މަރުވިއެވެ. އެ ތޫފާނާ ގުޅިގެން އުފެދިފައިވާ ކޮޅިގަނޑުގެ ނުރައްކާ އޮތުމާ އެކު، މަގުތަކަށް ނިކުމެ ނޫޅުމަށް އެ ސްޓޭޓްގެ އިދާރާތަކުން ވަނީ ޢާންމުންނަށް އިރުޝާދު ދީފައެވެ.
އިންޑިޔާގެ އިރުދެކުނު އައްސޭރިފަށުގެ ސަރަޙައްދުތަކަށް އެރުމުގެ ކުރިން ތޫފާން ދިތުވާ ވަނީ ސްރީ ލަންކާގެ ސަރަޙައްދުތަކަށް އަރައި، ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ، ތޫފާނާ ގުޅިގެން ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކެނޑުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 410ށް އުފުލިފައިވާ ކަމުގައެވެ. ސްރީ ލަންކާގެ އިދާރާތަކުން ބުނީ، ފެންބޮޑުވުމާއި ބިންގަނޑު ކެނޑުމުގެ ހާދިސާތަކާ ގުޅިގެން 407,594 ޢާއިލާއަކަށް ނިސްބަތްވާ 1.4 މިލިޔަނަށްވުރެ ގިނަ މީހުންނަށް އަސަރު ކޮށް، އޭގެ ތެރެއިން ބޮޑު އިންސައްތައެއް ހާލުގައި ޖެހިފައިވާ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ދެ އަހަރާ ބައިގެ ތެރޭގައި ސާބިތުކޮށްދެއްވީ ދަރަނީގެ ދަންތުރައިން ރާއްޖެ ސަލާމަތްކުރެވޭނެކަން!
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ބޮޑު ދަރަނި ދެއްކުމުގައި މިހާރުގެ ސަރުކާރުން އަންނަނީ ނަތީޖާ ނެރެދެމުންނެވެ. އެގޮތުން ފާއިތުވި 10...
ޕޭޕަލް: ސަރުކާރުން ކޮށައިދިން މަގާއެކު ތަނަވަސް ދޮރެއް
(ފޮޓޯ ކްރެޑީޓްސް: ރައީސް އޮފީސް) ދިވެހިންގެ ހުނަރު ބައިނަލްއަޤްވާމީ މާކެޓަށް ވިއްކައިގެން ޑޮލަރުން އާމްދަނީ ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޕޭޕަލް މެދުވެރިކޮށް...
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ވަކާލާތުކުރާނެ
ޖޫން 15 އިން ޖުލައި 7 އަށް ބާއްވާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ސެޝަންގައި، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ވަރުގަދައަށް...
ރައީސް ތަފްސީލު ކޮށްދެއްވީ ދެފިކުރުގެ ތަފާތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ގެންގުޅުއްވާ "ގައުމީ ފިކުރު" އާއި އިދިކޮޅު ފަރާތްތަކުގެ "ފަނާކުރަނިވި ފިކުރު" ހުރި ތަފާތުތައް ތަފްސީލުކޮށްދެއްވާފައެވެ. ރައީސް...
ޕޭޕަލް ރާއްޖެއަށް ތައާރަފުވުމަކީ ކުދި ވިޔަފާރިތަކަށް ލިބުނު ކުރިއެރުމެއް: ބީސީސީ
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދީ ވުޒާރާ) އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރުމަކީ ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބާޒާރަށް...
“ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރެންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި...
