
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދާޚިލީ ސަލާމަތާއި ފަންނިޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ތާރީޚުގައިވެސް ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި ހިފަހައްޓާފައިވަނީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ކަމަށާއި، އެތަކެތީގެ މަގުމަތީ އަގު 2.2 ބިލިޔަން ރުފިޔާއަށް އަރާކަމަށެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާއެކު މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރަން ކުރާ މަސައްކަތުގެ ބޮޑު ކާމިޔާބީއެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި މަސައްކަތް ކުރެވެމުންދަނީ ފުލުހުންނާއި ކަސްޓަމްސްގެ ބުރަ މަސައްކަތުންނެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އިސްލާމީ ޝަރީޢަތުގައި ދެވެން އޮތް އެންމެ ބޮޑު އަދަބު ދެވޭނެ ގޮތަކަށް ޤާނޫނު އިސްލާހުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ކުރީގެ ސަރުކާރުތަކުން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރިކަމަށް ބުނެވުނަސް، ހަޤީޤީ ނަތީޖާއެއް ނެރެދެމުން މިދަނީ މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ވެރިކަމާ ހަވާލުވިއިރު މަސްތުވާތަކެތީގެ ފަރުވާ ނުފެށި ތިބި 700އަށްވުރެ ގިނަ މީހުންނަށް ދެ އަހަރުގެ ތެރޭގައި ފަރުވާދީ ނިންމާފައިވާ ކަމަށާއި، މަގުމަތީގައި އުޅުނު 350 އެއްހާ މީހުންނަށް ރިމާންޑް ސެންޓަރުތައް މެދުވެރިކޮށް ފަރުވާ ދެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ކ. ކާށިދޫ، ނ. ވެލިދޫ، އަދި ލ. ގަމުގައި ރިހެބިލިޓޭޝަން ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ސަރުކާރުން އެންމެ އިސްކަންދެނީ ވިޔަފާރިތައް ހުއްޓުވުމާއި، ބަލިމީހުންނަށް ފަރުވާ ދިނުމަށެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
