
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޢާއިލީ ވިޔަފާރި ކުންފުނި، ޓްރަމްޕް އޯގަނައިޒޭޝަންއާއި އޭނާއާ ގުޅުމެއް ނެތް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ ޓްރަމްޕް އޯގަނައިޒޭޝަނާއި ސަޢުދީ ޢަރަބިއްޔާގެ ކުންފުންޏަކާ ގުޅިގެން ދިވެހިރާއްޖޭގައި ރިސޯޓެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޓްރަމްޕް ވަނީ މި ވަގުތު އެމެރިކާއަށް ދަތުރުކުރައްވަމުންދާ ސަޢުދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާންއާ ވައިޓް ހައުސްގައި ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި، އެމެރިކާގެ ރައީސްގެ މަޤާމުގައި ޓްރަމްޕް ހުންނަވަނިކޮށް ސަޢުދީ ޢަރަބިއްޔާއާ އެކު ޓްރަމްޕްގެ ޢާއިލީ ކުންފުނިން ވިޔަފާރިކުރުމަކީ މަސްލަހަތަށް ފުށުއަރާ ކަމަކަށް ނުވާނެތޯ ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ.
އެ ސުވާލުގެ ޖަވާބުގައި ޓްރަމްޕް ވިދާޅުވީ އޭނާގެ ޢާއިލީ ކުންފުންޏާ އޭނާއާ އެއްވެސް ގުޅުމެއް ނުވާ ކަމަށާއި، އޭނާ އެ ކުންފުނި ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާގެ ހުރިހާ ހަކަތައެއް މިހާރު ވަނީ ސިޔާސީ މަސައްކަތަށް ހުސްކުރައްވާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާގެ ޢާއިލާއިން ކުރާ މަސައްކަތްތައް ރަނގަޅު ކަމަށާއި، ދުނިޔޭގެ އެކި ހިސާބުތަކުގައި އެ ކުންފުނިން ވިޔަފާރި ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ ޓްރަމްޕް އޯގަނައިޒޭޝަނުން ސަޢުދީ ޢަރަބިއްޔާއާއެކު މިހާތަނަށް މާ ބޮޑު މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ވަރަށް ރަނގަޅު ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
