
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޗައިނާގެ އެކި ލޯނު ޕްރޮގްރާމްތަކުގެ މަންފާ އެންމެ ބޮޑަށް ކުރާ ޤައުމަކީ އެމެރިކާކަމަށް ދިރާސާއަކުން ދައްކައިފިއެވެ. އެއިޑްޑޭޓާ އިން އެ ކުރި އެ ދިރާސާއިން ދައްކާ ގޮތުގައި، ތަރައްގީވަމުން އަންނަ ފަގީރު ޤައުމުތަކުގެ ބަދަލުގައި ކުރިއަރާފައިވާ މުއްސަނދި ޤައުމުތަކަށް ޗައިނާއިން ދޭ ލޯނު އެހީގެ މިންވަރު ފާއިތުވި އަހަރުތަކުގައި އިތުރުވެފައިވާ ކަމަށެވެ. މިގޮތުން، 2000 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު، ތަފާތު 200 ޤައުމަކަށް ޗައިނާއިން ދީފައިވާ ލޯނުގެ އަދަދު 2.2 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް އެ ދިރާސާގައި ބުންޏެވެ.
ޗައިނާގެ ބެލްޓް އެންޑް ރޯޑް ސިޔާސަތުގެ ދަށުން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ލޯނު ދެމުން އައިނަމަވެސް، މިހާރު އެކި ދާއިރާތަކުން ލޯނު ދޫކުރަމުންދަނީ ތަރައްޤީވެފައިވާ ޤައުމުތަކަށް ކަމަށް ބުނެފައިވެއެވެ. ޗައިނާއިން ފަހަކަށް އައިސް ވަނީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، މުދާ ސަޕްލައިކުރާ ޒަމާނީ ވިއުގަތަކާއި ސާފު ހަކަތަ ފަދަ ގިނަ ދާއިރާތަކަށް ލޯނު ދޫކޮށްފައެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުގައި، ޗައިނާއަކީ މިހާރު އެންމެ ގިނައިން ލޯނު ދޫކުރާ ޤައުމެވެ. އަދި ކުރިން އަންދާޒާ ކުރެވިފައިވާ ވަރަށް ވުރެ އެތައް ގުނައެއް އިތުރަށް ޗައިނާއިން އެކި ޤައުމުތަކަށް ލޯނު ދޫކޮށްފައިވާކަމަށް ބުނެފައިވެއެވެ. މިގޮތުން، ރަސްމީ އެކި ދާއިރާތަކުން އެންމެ ގިނަ އަދަދަކަށް ލޯނު ލިބިފައިވަނީ އެމެރިކާއަށެވެ. މިގޮތުން، 2،500 އަށް ވުރެ ގިނަ މަޝްރޫޢުއަށް، އެމެރިކާގެ އެކި ކުންފުނިތަކަށް ޗައިނާއިން ދޫކޮށްފައިވާ ލޯނުގެ އަދަދު 200 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް އެ ދިރާސާގައި ބުންޏެވެ.
އޭގެ ތެރޭގައި، ވައިގެ ބަނދަރުތަކުގެ ޓާމިނަލް އެޅުމާއި، އިމާރާތްކުރުމާއި ގޭސް އަދި ޓެކްނޮލޮޖީގެ ދާއިރާއަށް ބޮޑެތި އަދަދުތަކުން އެމެރިކާގެ ކުންފުނިތަކަށް ޗައިނާއިން ވަނީ ލޯނު ދޫކޮށްފައެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުގައި، 2000 ވަނަ އަހަރު، ޗައިނާއިން ދޫކުރި ޖުމްލަ ލޯނުގެ އަދަދުގެ 88 އިންސައްތަ ޙިއްސާކުރަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކެވެ. ނަމަވެސް، 2023 ވަނަ އަހަރާ ހަމައަށް އެ އިންސައްތަ 12އަށް ވަނީ ވެއްޓިފައެވެ. ނަމަވެސް، އެ މުއްދަތުގައި ތަރައްޤީވެފައިވާ މުއްސަނދި ޤައުމުތަކަށް ޗައިނާއިން ލޯނު ދޫކުރި އިންސައްތަ ވަނީ 24 އިންސައްތައިން 76 އިންސައްތައަށް އުފުލިފައެވެ. އެމެރިކާއަށްފަހު، ޗައިނާއިން އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ ވިލާތުގެ ޤައުމުތަކުގެ އިއްތިޙާދު އީޔޫގެ އިތުރުން އިނގިރޭސިވިލާތަށެވެ.
މިގޮތުން، އީޔޫއަށް 161 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ދީފައިވާއިރު، އިނގިރޭސިވިލާތަށް ވަނީ 60 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ޗައިނާއިން ދޫކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
