
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ލާއިންސާނީ ޢުދުވާނީ ޙަމަލާތައް ދޭން ފެށި ފަހުން ޔަހޫދީންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 98 ފަލަސްޠީނުގެ ރައްޔިތުންނަށް އަނިޔާކޮށް ޝަހީދުކޮށްލާފައިވާ ކަމަށް ބެލެވޭ ކަމަށް ހައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާއަކުން ބުނެފިއެވެ. ޕީއެޗްއާރުއައި ނަމަކަށް ކިޔާ ޖަމްޢިއްޔާއަކުން ނެރެނު ރިޕޯޓެއްގައި ބުނީ ހަނގުރާމައިގެ ދުވަސްވަރު ޔަހޫދީ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ 46 ރައްޔިތުން މަރުވެފައިވާ ކަމަށާއި އިތުރު 52 މީހުން ޔަހޫދީ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ތިއްބާ މަރުވެފައިވާ ކަމަށެވެ. އެ އެންމެންނަކީ ވެސް ޣައްޒާއަށް ނިސްބަތްވާ މީހުންނެވެ. އެ ޖަމްޢިއްޔާއިން ވަނީ ޔަހޫދީ އަސްކަރިއްޔާއިން އެ މީހުންނަށް އަނިޔާކޮށްފައިވާ ކަމަށާއި ބޭސް ފަރުވާއިން މަޙްރޫމުކޮށް ޝަހީދުކޮށްލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
އެމެރިކާގެ އެހީތެރިކަމާއެކު ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު މިދިޔަ އޮކްޓޯބަރު މަހުގެ 9ވަނަ ދުވަހު ޤާއިމްކޮށްފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާ ޢުދުވާން މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ. ނަމަވެސް ޕީއެޗްއާރުއައިއިން ފާހަގަކުރި ގޮތުގައި ޙަމަލާ ބަދަލުކުރުން ހުއްޓާލާފައިވާ ނަމަވެސް ޔަހޫދީންގެ ބެލުމުގެ ދަށުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންނާ މެދު ޔަހޫދީން ޢަމަލުކުރަމުންދާ ގޮތަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ޔަހޫދީންގެ ބެލުމުގެ ދަށުގައި ތިއްބާ މަރުވި މީހުންގެ ޢަދަދު ހީކުރި ވަރަށް ވުރެ އިތުރު ކަމަށާއި، ހަޤީޤީ ޢަދަދު އެއަށް ވުރެ ވެސް އިތުރުވުން އެކަށީގެންވާ ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.
ޕީއެޗްއާރުއައިއިން އިތުރަށް ބުނީ މަރުވި މީހުންގެ ޕޯސްޓް މޯޓެމްގެ އިބްތިދާޢީ ހޯދުންތަކުން ވެސް އެ މީހުންނަށް ބޮޑެތި އަނިޔާތައް ކޮށްފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ ގޮތުން ބޮލަށް ލިބިފައިވާ އަނިޔާތަކާއި އެތެރެހައްޓަށް ލޭ ފައިބާފައިވުމާއި މޭކަށިގަނޑު ބިންދައިގެން ގޮސްފައިވުން ފަދަ ކަންކަމުގެ އިތުރުން ކާޑުބަލި ޖެހިފައިވުމާއި ފުރާނަ ސަލާމަތް ކުރުމަށް ކޮންމެހެން ބޭނުންވާ ފަރުވާ ދީފައި ނުވާ ކަން ފާހަގަވެފައިވާ ކަމަށް ޕީއެޗްއާރުއައިއިން ބުނެފައިވެއެވެ. ރިޕޯޓުގައި އިތުރަށް ބުނީ ޔަހޫދީންގެ ބެލުމުގެ ދަށުގައި ތިއްބާ މަރުވި މީހުންގެ މަރުގެ ހަޤީޤަތް ހޯދުމަށް ބައިނަލްއަޤްވާމީ ތަހުޤީޤެއް ހިންގަން ޖެހޭ ކަމަށެވެ. އަދި އެ ޖަރީމާ ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.
އދއާއި ހައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކުން ވަނީ އޮކްޓޯބަރު 7ގެ ފަހުން ޔަހޫދީން ބަންދުކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
