
އެމެރިކާ އާއި ވިލާތުގެ ޤައުމުތަކުގެ އިއްތިޙާދު، އީޔޫން ބައިނަލްއަޤުވާމީ އެކި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ފޯރުކޮށްދޭ އެހީ މަދުކުރުމުގެ ސަބަބުން، 2030 ވަނަ އަހަރާ ހަމައަށްދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 22.6 މިލިއަން މީހުންގެ ފުރާނަ ގެއްލިދާނެކަމުގެ ފުރުޞަތު ބޮޑުކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މި އިންޒާރު ދީފައިވަނީ، އެމެރިކާ އާއި އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި ފަރަންސޭސިވިލާތް ފަދަ ޤައުމުތަކުން ބައިނަލްއަޤުވާމީ އެހީދޭ ޖަމާޢަތްތަކަށް ދެމުންދާ މާލީ އެހީތެރިކަން ކުއްލިގޮތަކަށް މަދުކުރުމާ ގުޅިގެންނެވެ. އައިއެސްގްލޯބަލްގެ ދިރާސާގައި ބުނެފައި ވަނީ މާލީ އެހީ މަދުކުރަމުން ދިޔުމަކީ، ދުނިޔޭގެ ސިއްޙަތާއި ފަގީރުކަން ނައްތާލުމަށް އެތައް އަހަރެއްގެ މަސައްކަތުން ލިބިފައިވާ ކުރިއެރުންތައް ފަހަތަށް ސޮއްސާލާނެ ކަމެއް ކަމަށެވެ.
ގްލޯބަލް ހެލްތު ރިސާޗް ސެންޓަރުގެ ރިޕޯޓުގެ ކޮޕީއަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނީ، އެ ރިޕޯޓުގައި ވަނީ މަދުން އާމްދަނީ ލިބޭ 93 ޤައުމެއްގެ މަޢުލޫމާތުގެ އަލީގައި، ޑޭޓާ ބަލައި، 2025 ވަނަ އަހަރު ތަރައްޤީގެ އެހީ އިތުރަށް ކުޑަކުރުމުގެ ނޭދެވޭ އަޞަރު އަންދާޒާކޮށްފައެވެ. ބޮޑެތި ޤައުމުތަކުން ދޭ މާލީ އެހީ މަދުކުރުމުން، 2030 ވަނަ އަހަރުގެ ނިޔަލަށް ފަސް އަހަރުން ދަށުގެ 5.4 މިލިއަން ކުދިން ހިމެނޭ ގޮތަށް އިތުރު 22.6 މިލިއަން މީހުންގެ ފުރާނައަށް ނުރައްކާވާނެކަމަށް ލަފާކޮށްފައިވާއިރު، މިއީ ހަމައެކަނި އެމެރިކާގެ އެހީ މަދުކޮށްގެން ކުރިން ކުރި ދިރާސާއެއްގައި ލަފާކުރި ވަރަށް ވުރެ މާ މަތީ ޢަދަދެކެވެ.
އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ނެދަލެންޑްސް އަދި ބެލްޖިއަމް އިން ދޭ އެހީގެ މިންވަރު %40، %37، %30 އަދި %25 ކުޑަކުރުމަށް އިޢުލާންކޮށްފައިވާ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ލިބޭ އެހީ ގެއްލިގެން ދިއުމުން ސިއްޙަތާއި ތަޢުލީމާއި ފަގީރުކަން ނައްތާލުމުގެ ދާއިރާއިން ފާއިތުވި 30 އަހަރުގެ ތެރޭގައި ލިބިފައިވާ ކުރިއެރުންތައް ގެއްލިގެން ދިޔުމުގެ ބިރު އޮތް ކަމަށް އެ ދިރާސާގައި އިންޒާރު ދީފައިވެއެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
