
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ 130 މީހަކު ދާދިފަހުން ދެކުނު އެފްރިކާއަށް ފޮނުވައިލުމާ ގުޅިގެން އުފެދިފައިވާ ޝައްކުތަކެއް އޮޅުންފިލުވުމަށް ތަޙުޤީޤު ކުރަމުންދާ ކަން ދެކުނު އެފްރިކާގެ ސަރުކާރުން ހާމަކޮށްފިއެވެ. ޣައްޒާގެ 130 ރައްޔިތުން ދެކުނު އެފްރިކާއަށް ދަތުރު ކޮށްފައި ވަނީ ބޮލަކަށް 2,000 އެމެރިކާ ޑޮލަރުގެ އަގަކަށެވެ. އެ މީހުން ގޮވައިގެން ދަތުރު ކުރި ޗާޓަރު ކޮށްފައިވާ މަތިންދާބޯޓު ޖޮހެނެސްބަރގަށް ޖައްސާފައި ވަނީ ނޮވެންބަރު 13ވަނަ ދުވަހުއެވެ. ދެކުނު އެފްރިކާއަށް ދަތުރުކުރި 130 މީހުންގެ ތެރެއިން ދެ މީހަކު ވަނީ، އެ މީހުން ޣައްޒާއިން ބޭރުވި ސަބަބާއި، ދަތުރާ ގުޅޭ މަޢުލޫމާތު ރޮއިޓަރސް ނޫސް އޭޖެންސީއާ ހިއްސާ ކޮށްފައެވެ. ޣައްޒާ ދޫކޮށް ބޭރު ޤައުމަކަށް ހިޖުރަ ކޮށްފައިވާ މަައިގަނޑު ސަބަބަކީ، ޔަހޫދީން ދާދިފަހުން ހިންގި ޤަތުލުޢާންމުގައި ޣައްޒާ ސުންނާފަތި ކޮށްލާފައި އޮތުމާއި، އެ ސަހަރުން އެކަށީގެންވާ ޞިއްޙީ ފަރުވާ ލިބެން ނެތުން ކަމުގައި އެ ދެ މީހުން ބުންޏެވެ. ދެ އަހަރު ދުވަހަށް ދެމިގެން ދިޔަ ޤަތުލުޢާންމުގައި ޔަހޫދީން ވަނީ 69,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ.
“ބެލެވޭ ގޮތުގައި މިއީ ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރު ކުރުމަށް [ޔަހޫދީން] ހިންގަމުންދާ ޖަރީމާގެ ދަށުން ހިންގާފައިވާ އިތުރު ޖަރީމާއެއް،”ރޮނަލްޑް ލަމޯލާ، ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރު
ޣައްޒާއިން ދެކުނު އެފްރިކާއަށް ގޮސްފައިވާ މީހުން ދަތުރު ކޮށްފައި ވަނީ ‘އަލް-މަޖުދު ޔޫރަޕް’ ކިޔާ ޖަމުޢިއްޔާއަކުން ހުޅުވައިލި ފުރުޞަތެއްގައި ބައިވެރިވެގެންނެވެ. އެ ފުރުޞަތު ހުޅުވައިލާފައި އޮތީ ދަތުރުގެ އަގު ދެއްކޭނެ މާލީ ތަނަވަސްކަން ލިބިފައިވާ، އަދި ސައްޙަ ޕާސްޕޯޓު އޮތް ޣައްޒާގެ ރައްޔިތުންނަށެވެ. ދެކުނު އެފްރިކާއަށް ދަތުރު ކުރުމަށް ކޮންމެ މީހެއްގެ ޓިކެޓަށް 2,000 އެމެރިކާ ޑޮލަރު ދައްކަން ޖެހުނު ކަމުގައި އެ މީހުން ބުންޏެވެ. ބަސްތަކެއްގައި އެ މީހުން ޣައްޒާއިން ނެރެފައި ވަނީ ކަރީމް އަބޫ ސާލިމް ސަރަޙައްދީ ހުރަހުންނެވެ. އަދި، އެއަށް ފަހު ދެކުނު އެފްރިކާއަށް ފުރާފައި ވަނީ ޔަހޫދީން ވެރިވެގަނެފައިވާ ވާދީ މިންޔަތު (ތިމްނާ)ގައި އޮތް ރަމޯން ވައިގެ ބަނދަރުންނެވެ. އެ މީހުންގެ ދަތުރުގެ ހުރިހާ އިންތިޒާމުތަކާއި، ހުރިހާ ހުއްދަތަކެއް ހަމަޖައްސާފައި ވަނީ އަލް-މަޖުދު ޔޫރަޕު ޖަމުޢިއްޔާއިން ކަމުގައި އެ މީހުން ބުންޏެވެ.
ޣައްޒާގެ 130 ރައްޔިތުން ދެކުނު އެފްރިކާއަށް ފޮނުވައިލާފައި ވަނީ، ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ ބިން ފޭރިގަތުމަށް ޔަހޫދީން ހިންގަމުންދާ ޖަރީމާގެ ދަށުން ކަމުގައި ދެކުނު އެފްރިކާއިން ތުހުމަތު ކުރެއެވެ. ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރު ރޮނަލްޑް ލަމޯލާ ވިދާޅުވީ، ޣައްޒާގެ ރައްޔިތުންތަކެއް މަތިންދާބޯޓެއްގައި ޖޮހެނެސްބަރގަށް ފޮނުވައިލުމުގައި ޝައްކު ކުރެވޭ ކަންތައްތަކެއް އެކުލެވިގެންވާ ކަމުގައެވެ. ދެކުނު އެފްރިކާއަކީ ފަލަސްޠީނުގެ މިނިވަން ކަމަށް ތާޢީދުކޮށް، އެ ކަމަށް ވަކާލާތު ކުރަމުންދާ ޤައުމެކެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަކީ ޤަތުލުޢާންމެއްގެ ގޮތުގައި ކަނޑައަޅައި، އެ ކަމާ ދެކޮޅަށް އަޑުއުފުލަމުންދާ ޤައުމެކެވެ. ދެކުނު އެފްރިކާއަށް ޣައްޒާގެ ރައްޔިތުންތަކެއް ފޮނުވައިލުމުގައި އެކުލެވިގެންވާ ޝައްކު ކުރެވޭ ކަންކަން ތަޙުޤީޤު ކުރަމުންދާ ކަމުގައި ލަމޯލާ ވިދާޅުވިއެވެ.
“ބެލެވޭ ގޮތުގައި މިއީ ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރު ކުރުމަށް [ޔަހޫދީން] ހިންގަމުންދާ ޖަރީމާގެ ދަށުން ހިންގާފައިވާ އިތުރު ޖަރީމާއެއް،” އޭނާ ވިދާޅުވިއެވެ. ޣައްޒާގެ 130 ރައްޔިތުން ދެކުނު އެފްރިކާއަށް ދަތުރު ކުރުމުގެ ފުރުޞަތު ދީފައި ވަނީ ސައްޙަ ލިޔެކިޔުންތަކާއި ވިސާ ހުށަހެޅުމުން ކަމުގައި ޔަހޫދީން ބުނި ނަމަވެސް ލަމޯލާ ވަނީ އެ ކަން ދޮގު ކުރައްވާފައެވެ. އަދި، އެ މީހުން ދަތުރު ކޮށްފައި ވަނީ އެއްވެސް ސައްޙަ ލިޔެކިޔުމެއް ނެތި ކަމުގައި ވިދާޅުވެ، ލަމޯލާ ވަނީ އެ ކަން ތަޙުޤީޤު ކުރަމުންދާ ކަން ހާމަ ކުރައްވާފައެވެ.
ދެކުނު އެފްރިކާގެ ސަރުކާރުން މިހާރު ވަނީ ޣައްޒާގެ 130 ރައްޔިތުންނަށް 90 ދުވަހުގެ ވިސާ ހަމަޖައްސިދީފައެވެ. އޭގެ ތެރެއިން ބައެއް މީހުން މި ވަގުތު ދިރިއުޅެމުން ދަނީ ހޮޓާތަކުގައެވެ. އަދި، އެ ފަދަ މާލީ ތަނަވަސްކަން ނެތް މީހުން ދިރިއުޅެމުން ދަނީ ޖޮހެނެސްބަރގުގައި ދިރިއުޅޭ މުސްލިމް ޢާއިލާތަކާ އެކުގައެވެ. ދެކުނު އެފްރިކާއަށް ދަތުރު ކުރި މީހުންގެ ތެރެއިން 23 މީހަކު، އެހެން ޤައުމުތަކަށް ފުރާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، އެއީ ކޮން ޤައުމުތަކެއް ކަން ސާފެއް ނޫނެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
