
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދައުލަތުގެ ހުރިހާ ވުޒާރާތަކެއް ހިމެނޭހެން، ތަރައްގީގެ 1،875 މަޝްރޫޢު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، “ރައްޔިތުންނާއެކު ކުރިއަށް – ހަފުތާ 104” މިނަމުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި 1،875 މަޝްރޫޢަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، އުމްރާނީ ތަރައްގީއަކީ މި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ދާއިރާކަމަށެވެ. މީގެ ތެރޭގައި ހިނގަމުންދާ މަޝްރޫއުތަކާއި އަލަށް ސޮއިކުރެވޭ މަޝްރޫޢުތައް ހިމެނޭކަމަށާއި އަލަށް ސޮއިކުރެވޭ މަޝްރޫއެއްނަމަ، ތިން މަސްދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެތެރޭގައި ޕްރައިވެޓް ސެކްޓަރ ޕާޓްނަޝިޕްގެ ދަށުން މިމަހުގެ ތެރޭގައި ސޮއިކުރެވުނު 236 މަޝްރޫޢު ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ހުރިހާ އުމްރާނީ ތަރައްގީގެ މަޝްރޫޢެއް ހިންގާ، ތަންފީޒުވެ ނިމޭއިރު، ރައްޔިތުންނަށް އޭގެ ފައިދާ ފެނިގެންދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. “1875 އުމްރާނީ ތަރައްޤީގެ މަޝްރޫޢު ސޮއިކުރެވި އެކި މަރުހަލާތަކުގައި ހިނގަމުން އެދަނީ. އަމަލީގޮތުން މޮބިލައިޒްކުރެވި، އަޅުގަނޑު ބިންގާ އެޅި ރަށެއްގައިވިއްޔާ ހަމަ ހުރިހާ ރަށެއްގައިހެން މޮބިލައިޒްކުރެވިފައި. ބައެއް ރަށްތަކަށް ތަކެތި މިހާރު މިވަގުތުވެސް އެބަ އުފުލާ. އެހެންވީމަ ހުރިހާ ރަށެއްގައި މަސައްކަތްތައް ފެށިގެން ބާރަށް ކުރިއަށްދަނީ. ސޮއިކުރެވުނު މަޝްރޫޢެއްވިއްޔާ އެންމެ ގިނަވެގެން 3 މަސްތެރޭގައި މަސައްކަތް ފަށާނެ.” ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރައީސްގެ ވާހަކަފުޅުގައި ޕްރައިވެޓް ސެކްޓަރ ޕާޓްނަޝިޕްގެ ދަށުން ސަރުކާރުން ދާދިފަހުން އަމިއްލަ ކުންފުނިތަކާ ހަވާލުކުރި މަޝްރޫޢުތަކާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކަށްވެސް ވަނީ ރައީސް ވަނީ ރައްދުދެއްވާފައެވެ. އެގޮތުން މި ހުރިހާ މަޝްރޫޢުތަކެއްވެސް ކުންފުނިތަކާ ޙަވާލުކޮށްފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށްކަމަށާއި، މި ސަރުކާރުން ޤާނޫނާ ޚިލާފު އެއްވެސްކަމެއް ނުކުރާނެކަމުގެ ޔަޤީންކަންދޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. “ޤާނޫނާ ޚިލާފަށް މި ސަރުކާރުން ނުކުރާނެ އެއްވެސްކަމެއް. ނުކުރާނަމޭ، ބަރާބަރަށް އެކަން ކޮށްފައި އެވަނީ. ދެން ހަމަ މިނިވަން މުއައްސަސާތައް އޭސީސީވެސް، ޕީޖީވެސް ހުރިހާ ތާކުންވެސް ބައްލަވަންވީ. އަޅުގަނޑަށް ހަމަ ފުރިހަމަ ޔަޤީންކަން އެބައޮތް. އެ ހުރިހާ މުއައްސަސާއަކަށް އަޅުގަނޑު ވަރަށް ރެސްޕެކްޓްވެސް ކުރަން. ޤާނޫނަށް ޚިލާފަށް މި ސަރުކާރުން އެއްކަމެއްވެސް ނުކުރަން މިއަދާ ހަމައަށްވެސް. މާދަންވެސް ނުކުރާނަން. އެއްއިރަކުވެސް ނުކުރާނަން. އެހެންވީމަ މި 236 މަޝްރޫޢުވެސް އަޅުގަނޑުމެން ސޮއިކުރީ ހަމަ ޤާނޫނުގައި އޮތްގޮތަށް އިޖުރާޢަތްތަކުގެ ތެރެއިން.” ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްގީގެ މަޝްރޫޢުތައް ހިންގޭނީ ތިމާވެށި ހިމާޔަތްކޮށްގެންކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ކޮންމެ މަޝްރޫއަކީ ފުރިހަމަ ކުރަންޖެހޭ އީއައިއޭ ރިޕޯޓްތައް ފުރިހަމަކޮށް، އެއަށް އަމަލުކުރެވޭ މަޝްރޫއަކަށްވެގެންދާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެ މަނިކުފާނުގެ ވައުދުފުޅެއްގެ ގޮތުން ފެށިގެންދިޔަ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އިޝާރާތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާތަނަށް އަށްލައްކައަށްވުރެ ގިނަ ގަސް އިންދިފައިވާކަމަށެވެ. އަދި، ގަސް އިންދުމަށް ކަނޑައަޅާފައިވާ އަދަދަށް ބަލާނަމަ، މި ޕްރޮގްރާމު ނިމޭއިރު 6 މިލިއަނަށް ވުރެގިނަ ގަސް އިންދޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ތެލަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމުގެ ގޮތުން، އިޔާދަކުރުވަނިވި ހަކަތައިގެ މަޝްރޫއުތަކަށް ގައުމީ ތަރައްގީގައި އިސްކަންދެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، މިހާތަނަށް ސޯލާ ހަކަތަ އުފެއްދޭ މިންވަރު ދެގުނަ އިތުރުކުރެވިފައިވާ ކަމަށާ އަދި 100 މެގަވޮޓްގެ ބޮޑު މަޝްރޫޢެއް ފަށާފައިވާ ކަމަށާއި، ސޯލާގެ އިތުރު 78 މަޝްރޫޢެއްގައި ސޮއިކުރެވިފައިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ހަކަތައިގެ %33 އަކީ އިޔާދަކުރަނިވި ހަކަތަކަމުގައި ހެއްދެވުމަށް ވެވަޑައިގެންފައިވާ ވައުދު ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކުރެއްވިއެވެ.
ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، މާޗް މަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި އާރް.ޓީ.އެލް.ގެ ޚިދުމަތް ގާއިމްކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފަސޭހަ، ނަތީޖާ ފެންނަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒުކަމަށް ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް އަންނަ ފެބްރުއަރީގައި ފެށިގެންދާނެކަމަށެވެ. އަދި، މި މަޝްރޫޢުގެ ސަބަބުން، ޓެކްސީ ޑްރައިވަރުން ބާކީވެގެން ނުދާނޭކަމަށާއި، އެ ބޭފުޅުންނަށް ފިކްސްޑް އިންކަމެއް ލިބި، ރައްޔިތުންނަށް މެދުނުކެނޑި ޓެކްސީގެ ޚިދުމަތް ލިބޭނޭކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
