
(ފޮޓޯ ކްރެޑިޓްސް: ސިއްޙީ ވުޒާރާ)
ސިއްޙީ ދާއިރާއިން މިހާރު ފަށާފައިވާ މަޝްރޫޢުތަކުގެ މަސައްކަތްތަކާއި އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކާއެކު، ރާއްޖޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ބޮޑުތަނުން މަތީ ފެންވަރަކަށް ގެންގޮސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިންސައްތައެއް ކަނޑައަޅާފައިވާ އެއް ދާއިރާއަކީ ސިއްޙީ ދާއިރާއެވެ. ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެކި މަރުޙަލާތަކުގައި ޢުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތަކާއި، ވަޞީލަތްތައް ހަމަކުރުމުގެ އެކި މަސައްކަތް އަންނަނީ އެކި މަރުޙަޙަލާތަކުގައި ކުރައްވަމުންނެވެ. މި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިހާރު ކުރިއަށްދާ މަޝްރޫޢުތަކާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މުހިއްމު މަޝްރޫޢުތަކުގެ މަސައްކަތް ނިމިގެންދާއިރު ރާއްޖޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ބޮޑުތަނުން މަތިވެގެންދާނެކަމަށެވެ.
“ކުރިއަށް އޮންނަ އަހަރަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ބަޖެޓުން ވަރަށް ގިނަ ޚިދުމަތްތައް، ސްޕެޝަލިޓީގެ ޚިދުމަތްތައް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ޤާއިމުކުރުމަށްވަނީ ހިމެނިފައި. އެކަންކަން ނިމިގެންދާއިރުގައި ދިވެހި ރައްޔިތުން ވަރަށް މަދުކަމެއްގައި ނޫނީ، ރާއްޖެއިން ބޭރަށް ޚިދުމަތް ހޯދާކަށް ދާކަށް ނުޖެހޭނެ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ސިއްޙީ ވުޒާރާ)
އަންނަ އަހަރަށް ދައުލަތަށް ލަފާކުރާ ބަޖެޓުގައި އެންމެ ބޮޑު ޢަދަދެއް ކަނޑައަޅާފައިވާ އެއްދާއިރާއަކީ ސިއްޙީ ދާއިރާއެވެ. މިގޮތުން މުޅި ސިއްޙީ ނިޒާމުގައި ހުރި ހުރިހާ މައްސަލައަށް ހައްލު ގެނައުމަށް އަންނަ އަހަރުގެ ބަޖެޓުގައިވަނީ 8.8 ބިލިޔަން ރުފިޔާ ކަނޑައަޅާފައެވެ. ޕީއެސްއައިޕީ ނުވަތަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް 900 މިލިޔަނަށްވުރެ ބޮޑު ބަޖެޓެއްވެސްވަނީ ކަނޑައަޅާފައެވެ.
ސަރުކާރުން މިވޭތުވެދިޔަ 104 ހަފްތާގެ ތެރޭގައިވަނީ މާލެއާއި އަތޮޅުތަކުގައި ސިއްޙީ ޚިދުމަތް ފުޅާކުރުމަށް ޢުމްރާނީ ބޮޑެތި މަޝްރޫޢުތަކެއް ފައްޓާވަފައެވެ. އެގޮތުން 5 ސަރަޙައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ސަރަޙައްދީ ފެންވަރުގައި ހޮސްޕިޓަލުތަކަށް އިތުރު ކުރިއެރުން ގެނެސް، ސިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމަށްވެސް އިތުރު ޢިމާރާތް ޤާއިމުކުރުމަށާއި ވަޞީލަތް ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
