
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ކުރިމަގު ބައްޓަން ކުރާނެ ގޮތް ބަޔާންކޮށް އެމެރިކާއިން ހުށަހަޅާފައި އޮތް ޤަރާރަށް އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހުން ރުހުން ދީފިއެވެ. ސަލާމަތީ މަޖިލީހުގައި ނޮވެންބަރު 18ވަނަ ދުވަހު ރާއްޖެ ގަޑިން ފަތިހުުގެ ވަގުތެއްގައި ނެގި ވޯޓުން ފާސްކޮށްފައިވާ މި ޤަރާރަކީ، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގަވައިގެން އެކުލަވައިލެއްވި 20 މާއްދާ ހިމެނޭ ހެށަހެޅުމުގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ޤަރާރެކެވެ. ޔަހޫދީިންގެ ޤަތުލުޢާންމު ނިމުމަކަށް ގެނެސްފައި ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އޮކްޓޫބަރު 10ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. ދެ އަހަރު ދުވަހަށް ފަހު ޔަހޫދީންގެ ޤަތުލުޢާންމު ހުއްޓުމަކަށް ގެނެވިފައި ވަނީ ޣައްޒާއިން 68,000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލި ފަހުންނެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން އުމޫރުންނެވެ. ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޣައްޒާއިން 158,000އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައިވެއެވެ.
ޓްރަމްޕްގެ ޤަރާރުގެ މައިގަނޑު މަޤުޞަދަކީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ދާއިމީ ގޮތެއްގައި ނިމުމެއް ގެނައުމެވެ. އަދި، ޣައްޒާގެ މުޖާހިދުން މިނިވަން ކަމަށް ކުރަމުންދާ ޖިހާދު ހުއްޓުވުމެވެ. ޣައްޒާގައި ސުލްޙައާއި ހަމަޖެހުން ޤާއިމު ކުރުމުގެ ޒިންމާތައް މަތިކޮށް، އެ ސަހަރަށް ބައިނަލްއަޤްވާމީ ލަޝްކަރެއް ފޮނުވުމަށް ވެސް ޓްރަމްޕްގެ ޤަރާރުގައި ހުށަހަޅުއްވާފައިވެއެވެ. މީގެ އިތުރުން، ދެ ފަރާތުގެ ދެމެދުގައި ދެމެހެއްޓިނިވި ގޮތެއްގައި ސުލްޙަ ޤާއިމުކޮށް، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމަށް މަގުކޮށައިދިނުމަށް ވެސް ޤަރާރުގައި ހިމަނާފައިވެއެވެ. ޓްރަމްޕް ހުށަހަޅުއްވާފައި އޮތީ، ސުންނާފަތި ކޮށްލާފައިވާ ޣައްޒާ އަލުން އާރާސްތު ކުރުމާއި، ޣައްޒާގެ އިޤުތިޞާދު އަލުން ކޮޅަށް ޖެހުމުގެ އެންމެހައި ކަންކަން ވިލަރެސް ކުރުމަށް ‘ސުލްޙައިގެ ބޯޑު’ގެ ނަމުގައި ކޮމިޓީއެއް އެކުލަވައިލެއްވުމަށެވެ. އެ ބޯޑުގެ ރިޔާސަތު ބަލަހައްޓަވާނީ ޚުދު އޭނާއެވެ. އަދި، އެ ބޯޑުގައި ބައިވެރިވުމުގެ ފުރުޞަތު އދގެ މެންބަރު ޤައުމުތަކަށް އޮންނާނެ ކަމުގައި ވެސް ޤަރާރުގައި ލިޔެފައިވެއެވެ. އެ ޤަރާރުގައިވާ ގޮތުން ޣައްޒާއަށް ފޮނުވާ ބައިނަލްއަޤްވާމީ ލަޝްކަރުގެ މައިގަނޑު ޒިންމާއަކީ ސުލްޙައާއި އަމަން ޤާއިމުކޮށް، ޣައްޒާގެ މުޖާހިދުންގެ ޖަމާޢަތްތަކުގެ ހަތިޔާރު އަތުލައި، އެ ތަކެތި ނައްތައިލުމެވެ. އަދި، އަސްކަރީ މަރުކަޒުތައް ނައްތައިލުން ވެސް ހިމެނެއެވެ.
“ޙަމާސުން ކުރަމުން ދަނީ މިނިވަން ކަމަށް ކުރާ މަތިވެރި ޖިހާދެއް”
އދގެ ސަލާމަތީ މަޖިލީހުން ޓްރަމްޕްގެ ޤަރާރު ފާސްކުރުމާ އެކު، ޙަމާސުން ވަނީ ހަތިޔާރު ބަހައްޓަން އިންކާރު ކުރާ ކަން ތަކުރާރުކޮށްފައެވެ. އަދި، ޔަހޫދީންނާ ދެކޮޅަށް ހަތިޔާރު އުފުލުމަކީ، މިނިވަން ކަމަށް ކުރާ ޖިހާދެއް ކަމުގައި އެ ޖަމާޢަތުން ބުންޏެވެ. މިއާ އެކު، ޓްރަމްޕްގެ ޤަރާރުގެ ދަށުން ޣައްޒާއަށް ބައިނަލްއަޤްވާމީ ލަޝްކަރެއް ފޮނުވުމުގެ ކުރިން ވެސް، އެ ފަދަ ލަޝްކަރަކާއި ޙަމާސާ ދެމެދު ނުތަނަވަސްކަމެއް އުފެދުމުގެ ފުރުޞަތު އޮތް ކަން ފާހަގަ ކުރެވިގެން ގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. “ޤަރާރުގެ ދަށުން ޣައްޒާގެ ރައްޔިތުންގެ މައްޗަށް އަމުރުމަޢުރޫފު ހިންގާނީ ބޭރުގެ ބާރަކުން. މި ޖަމާޢަތުން، އަދި މި ޖަމާޢަތާ ގުޅިފައިވާ ފެކްޝަންތަކުން އެ ކަމާ ދެކޮޅު،” ޙަމާސުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޓްރަމްޕްގެ ޤަރާރަށް އދގެ ސަލާމަތީ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެފައި ނުވާ ހަމައެކަނި ދެ ޤައުމަކީ ރަޝިޔާއާއި ޗައިނާއެވެ. ޓްރަމްޕްގެ ހުށަހެޅުމަށް ރައްދު ދިނުމުގެ ގޮތުން ރަޝިޔާއިން މީގެ ކުރިން އެހެން ޤަރާރެއް ހުށަހަޅާފައިވެއެވެ. ނަމަވެސް، ވޯޓުގައި ބައިވެރިނުވެ، ޓްރަމްޕްގެ ޤަރާރު ފާސް ކުރުމުގެ ފުރުޞަތު ރަޝިޔާއިން ދީފައި ވަނީ، ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ން ޓްރަމްޕްގެ ޤަރާރަށް ރުހުން ދިނުމުން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ޓްރަމްޕްގެ ޤަރާރާއި، 20 މާއްދާގެ ސުލްޙައިގެ ރޭވުމުގެ ދަށުން ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް މަގުކޮށައިދެވޭނެ ކަމުގައި ވެސް އެމެރިކާއިން ބުންޏެވެ. މިއީ، ޔަހޫދީން އެއްވެސް މިންވަރަކަށް ރުހޭ ކަ
މެއް ނޫނެވެ. އަދި، އެ ކަން ކުރުމުގެ އެއްވެސް ފުރުޞަތެއް ނުދޭނެ ކަމުގައި ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވަނީ ބުނެފައެވެ. އަދި، ޣައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތައް ބާރުގެ ބޭނުން ކޮށްގެން ނައްތައިލާނެ ކަން ވެސް އޭނާ ތަކުރާރު ކުރިއެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
