
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޣައްޒާގެ މުސްލިމުން ކަތިލަމުންދިޔަ ޔަހޫދީންނަށް ޖަރުމަނުވިލާތުން ހަތިޔާރު ވިއްކުން ހުއްޓާލާފައި އޮތުމަށް ފަހު އަނެއްކާ ވެސް ޔަހޫދީންނަށް ހަތިޔާރު ވިއްކަން ފެށުމަށް އެ ޤައުމުން ނިންމައިފިއެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަަމަށްވާ އެމެރިކާއަށް ފަހު ޔަހޫދީންނަށް އެންމެ ގިނަ ޢަދަދަކަށް ހަތިޔާރު ފޯރުކޮށްދެނީ ޖަރުމަނުވިލާތުންނެވެ. ޔަހޫދީން ޣައްޒާއަށް އޭރު ދެމުންދިޔަ ޙަމަލާތަކާ ދެކޮޅަށް މުޅި ދުނިޔެއިން އަދުއުފުލަމުން ދަނިކޮށް މިިިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޖަރުމަނުވިލާތުން ވަނީ ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުން މެދުކަނޑާލައިފައެވެ. އެ ނިންމުމުގެ ދަށުން ޔަހޫދީންނަށް ފޯރުކޮށްދިނުން ހުއްޓާލާފައި ވަނީ ހަމައެކަނި ޣައްޒާއަށް ޙަމަލާ ދިނުމަށް ބޭނުންކުރާނެ ކަމަށް ބެލެވޭ ހަތިޔާރެވެ. އެހެނިހެން ހަތިޔާރު ފޯރުކޮށްދިނުން އޭރު ވެސް ހުއްޓާލައިފައެއް ނުވެއެވެ.
ޖަރުމަނުވިލާތުން މިހާރު ވަނީ ނޮވެމްބަރު މަހުގެ 24ވަނަ ދުވަހުން ފެށިގެން އަނެއްކާ ވެސް ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުމަށް ނިންމާފައެވެ. ނަމަވެސް ހަތިޔާރު ވިއްކާނީ ކޮންމެ ހުށަހެޅުމެއް ވެސް ވަކިވަކިން ދިރާސާކޮށްފައި ކަމަށް އެ ޤައުމުން ބުނެއެވެ. ޣައްޒާއަށް ޙަމަލާދޭން ބޭނުންކުރެވޭ ފަދަ ހަތިޔާރު އަލުން ޔަހޫދީންނަށް ވިއްކުމަށް ނިންމި ނިންމުމަކީ ޒިންމާދާރު އަދި ރަނގަޅު ނިންމުމެއް ކަމަށް ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ޔޯހަން ވަޑެފޫލް ވަނީ ވިދާޅުވެފައެވެ.
ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސަރޗް ސެންޓަރުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި 2019ވަނަ އަހަރާއި 2023ވަނަ އަހަރާ ދެމެދު ޔަހޫދީން އެތެރެކޮށްފައިވާ ހަތިޔާރުގެ 30 އިންސައްތަ ފޯރުކޮށްދީފައި ވަނީ ޖަރުމަނުވިލާތުންނެވެ. އޭގެ ތެރޭގައި ގިނައީ ޣައްޒާއަށް ޙަމަލާ ދިނުމަށް ޔަހޫދީން ބޭނުންކުރި ހަތިޔާރެވެ. 2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން މި އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހާ ހަމައަށް ޔަހޫދީން ޣައްޒާއަށް ދިން ޢުދުވާނީ ޙަމަލާތަލުގައި 69,000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
