
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާއާ ހަނގުރާމަކުރަން ފަރަންސޭސިވިލާތުން ޔޫކްރެއިނަށް “ޣަފަލް” މަރުކާގެ 100 ހަނގުރާމަތީ މަތިންދާބޯޓު ފޯރުކޮށްދޭން އެއްބަސްވެއްޖެއެވެ. މި މަތިންދާބޯޓުތަކުގެ އިތުރުން، ވައިގެ ދިފާޢީ ނިޒާމުތަކާއި ހަތިޔާރާއި ވަޒަން އަދި ޑްރޯންތައްވެސް ފޯރުކޮށްދިނުމުގެ އެއްބަސްވާކަމުގެ ލިޔުމުގައި ޔޫކްރެއިންގެ ރައީސް ވްލޮޑިމީރް ޒެލެންސްކީ އާއި އިމެނުއެލް މެޚްރޮން ވަނީ ސޮއިކުރައްވައިފައެވެ. ފަރަންސޭސިވިލާތުގެ އަސްކަރީ ވައިގެ ބަނދަރެއްގައި އެ ލިޔުމުގައި ސޮއިކުރެއްވުމަށްފަހު، މިއީ ދުނިޔޭގެ އެންމެ ވަރުގަދަ ދިފާޢީ ނިޒާމުގެ ގޮތުގައި ޒެލެންސްކީ ވަނީ ސިފަކުރައްވައިފައެވެ. މި ލިޔުމުގައި ސޮއިކޮށްފައިމިވަނީ، ޑްރޯން އާއި މިސައިލް ބޭނުންކޮށްގެން ރަޝިޔާއިން ޔޫކްރެއިނަށް ޙަމަލާތައް ދިނުން ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި އެއްގަމުންވެސް ރަޝިޔާގެ އަސްކަރީ ފައުޖުތައް ވަނީ ޔޫކްރެއިންގެ އިރުދެކުނު ސަރަޙައްދަށް ވަދެގަތުމުގެ މަސައްކަތް ވެސް ފުޅާކޮށްފައެވެ.
ފަރަންސޭސިވިލާތުގެ ވިސްނުމަކީ، އަސްކަރީ މި އާލަތްތައް، ވިލާތުގެ ޤައުމުތަކުގެ އިއްތިޙާދު، އީޔޫގެ މާލީ އެހީތެރިކަމުގެ ތެރެއިން ޔޫކްރެއިނަށް ގަނެވޭނެ މަގުފަހިކޮށްދިނުމެވެ. މީގެއިތުރުން، ހުޅަނގުގެ ބާރުތަކުން ފްރީޒްކޮށްފައި ނުވަތަ ހިފަހައްޓާފައިވާ ރަޝިޔާގެ މުދަލާއި ފައިސާގެ ތެރެއިން މި އަސްކަރީ އާލަތްތައް ގަނެ، ޔޫކްރެއިނަށް ދިނުމަކީ ވެސް ގެންގުޅޭ ވިސްނުމެކެވެ. ނަމަވެސް، މިކަމަށް އަދި އީޔޫގެ ހުރިހާ ޤައުމަކުން އެއްބަސްވުމަކަށް އާދެވިފައެއްނުވެއެވެ. އެ ރަސްމިއްޔާތުގައި މެޚްރޮން ވިދާޅުވީ، މިހާ ގިނަ އަދަދެއްގެ ހަނގުރާމަމަތީ މަތިންދާބޯޓު ޔޫކްރެއިނަށް ފޯރުކޮށްދިނުމުގެ ބޭނުމަކީ، ރަޝިޔާގެ ޢުދުވާނުތަކަށް ރައްދު ދިނުމުގެ ޤާބިލުކަން އިތުރުކުރުމާ އެކު މުސްތަޤުބަލުގައި ސުލްޙަ ޤާއިމުވުމަށްފަހުގައި ވެސް ޔޫކްރެއިންގެ ސަރަޙައްދުތަކުގެ ރައްކާތެރިކަން އަމިއްލައަށް ބެލެހެއްޓޭނެ މަގުފަހިކޮށްދިނުން ކަމަށެވެ.
އިނގިރޭސިވިލާތާ އެކު ފަރަންސޭސިވިލާތުން ދަނީ، ރަޝިޔާ އާއެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވާލެވުމާ އެކު ޔޫކްރެއިންގެ ހުޅަނގުގެ ސަރަޙައްދީ ރޮނގު ބެލެހެއްޓުމަށްޓަކައި ވިލާތުގެ 30 ޤައުމެއްގެ އިއްތިޙާދެއް އުފައްދައި، ސިފައިން ފޮނުވުމުގެ އެއްބަސްވުމެއް އެކުލަވައިލުމަށް ބާރުއަޅަމުންނެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
