
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަންދަމަން ކަނޑުން ދަތުރު ކުރަމުން ދަނިކޮށް ފެތުނު ބޯޓަކުން ކަނޑުވި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ހޯދުމުގެ މަސައްކަތް މެލޭޝިޔާއިން ފުޅާކޮށްފިއެވެ. ކަނޑުވެ ގެއްލިފައިވާ މީހުން ހޯދުމަށް އަންދަމަން ކަނޑުގައި މެލޭޝިޔާގެ އިދާރާތަކުން ހިންގަމުންދާ އޮޕަރޭޝަން ފުޅާ ކޮށްފައިވާއިރު، މިހާތަނަށް 11 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައި އިދާރާތަކުން ބުންޏެވެ. މެލޭޝިޔާގެ އުތުރު ލަންގްކަވީގެ ފުލުހުން ބުނީ އެ ޤައުމަށް ދަތުރު ކުރުމަށް އެއް ބޯޓެއްގައި ރޮހިންޔާ ދަރިކޮޅުގެ އެތަކެއް ސަތޭކަ މީހުން ދަތުރު ފަށާފައިވާ ކަމުގައެވެ. އެއީ، މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އަދި، އެއަށްފަހު އެ މީހުން ދެ ބޯޓަކަށް ބެހިފައިވާ ކަމުގައި ވެސް ލަންގްކަވީގެ ފުލުހުން ބުންޏެވެ. އޭގެ ތެރެއިން ކަނޑުވި ބޯޓުން ގެއްލުނު މީހުން ހޯދުމަށް 877 އަކަކިލޯމީޓަރުގެ ކަނޑުގެ ސަރަޙައްދެއް ބަލައި ހޯދާފައިވާ ކަމުގައި ލަންގްކަވީގެ ފުލުހުންގެ ވެރިޔާ ޚައިރުލް އަޒްހަރް ނޫރުއްދީން ވިދާޅުވިއެވެ.
ރޮހިންޔާއިންނަކީ މިޔަންމާގެ ރާކައިން ސްޓޭޓަށް ނިސްބަތްވާ ބަޔެކެވެ. އޭގެ ތެެރެއިން އެތަކެއް ސަތޭކަ ހާސް ބަޔަކު އަމިއްލަ ވަޒަން ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަ ކުރަމުން ދަނީ މިޔަންމާގެ އަސްކަރީ ސަރުކާރާއި ސިފައިން ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމުން ސަލާމަތްވުމުގެ ގޮތުންނެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބަޔަކު ދަތުރު ކޮށްފައި ވަނީ ބަންގްލަދޭޝަށެވެ. މި ވަގުތު ބަންގްލަދޭޝްގައި ރޮހިންޔާ ދަރިކޮޅުގެ 1.3 މިލިޔަނެއްހާ މީހުން އެބަތިއްބެވެ. މެލޭޝިޔާގެ އިދާރާތަކުން ބުނީ، ލަންގްކަވީ ކައިރިއަށް ފެތުނު ބޯޓުގައި 70 ވަރަކަށް މީހުން ތިބިކަމަށް ބެލެވޭ ކަމުގައެވެ. ދެވަނަ ބޯޓުގައި 230 ވަރަކަށް މީހުން ތިބި ކަމަށް ބެލެވުނު ނަމަވެސް، އެ ބޯޓު ވީ ހިސާބެއް، ނުވަތަ ހާލަތެއް ނޭނގޭ ކަމުގައި މެލޭޝިޔާގެ އިދާރާތުން ބުންޏެވެ. ކަނޑުވި ބޯޓުން މިހާތަނަށް ސަލާމަތް ކުރެވިފައި ވަނީ އެންމެ 13 މީހުންނެވެ.
ކަނޑުވި ބޯޓުން ދަތުރު ކުރި ބައެއް މީހުންގެ ހަށިތައް ތައިލެންޑުގެ އިދާރާތަކަށް ވެސް ވަނީ ފެނިފައެވެ. މި ގޮތުން، މަރުވެފައިވާ ހަތަރު މީހެއްގެ ހަށިގަނޑު ތައިލެންޑްގެ އިދާރާތަކުން ހޯދާފައިވާއިރު، އޭގެ ތެރޭގައި ދެ އަންހެން ކުދިންގެ ހަށިގަނޑު ވެސް ހިމެނޭ ކަމުގައި ތައިލެންޑްގެ ކަނޑުމަތީގެ ސަލާމަތާ ބެހޭ އިދާރާގެ އޮފިޝަލަކު ބުންޏެވެ. ތައިލެންޑުގެ ސަތޫން ޕުރޮވިންސުގެ ގަވަރުނަރު ސަކަރާ ކަޕިލަކާން ވިދާޅުވީ، ކަނޑު މީހުން ހޯދުމަށް އެ ޤައުމުގެ ކަނޑުގެ ސިފައިންނާއި މެރިން ފުލުހުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
