
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިންޑޮނޭޝިޔާގައި 30 އަހަރުގެ ދިގު ވެރިކަމެއް ކުރައްވައި، 1998 ވަނަ އަހަރުގެ މުޒާހަރާތަކަށްފަހު މަޤާމުން ދުރުކުރެވުނު ކުރީގެ ރައީސް ސުހާތޯއަށް، އޭނާ އަވަހާރަވީތާ ގިނަ އަހަރުތަކެއް ފަހުން، ޤައުމީ ބަޠަލެއްގެ ލަޤަބު ދީފިއެވެ. ސުހާތޯގެ ދިގު ވެރިކަމުގައި އިންސާނީ ހައްޤުތަކަށް އަރައިގަނެ، ހިޔާނާތާއި އާއިލީ ވެރިކަމެއް ކުރެއްވި ހުދުމުހުތާރު ވެރިއެއްގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ. މި ލަޤަބު ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިދިޔަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޕްރަބޯވޯ ސުބިއަންތޯގެ ބައިވެރިވެވަޑައިގެންނެވި ޙަފްލާއެއްގައެވެ. ޕްރަބޯވޯއަކީ ސުހާރްތޯގެ ކުރީގެ ދަނބިދަރިކަލެކެވެ. ޑިމޮކްރަސީއަށް ވަކާލާތުކުރާ ފަރާތްތަކާއި، ސުހާތޯގެ ހުދުމުހުތާރު ވެރިކަމުގައި އަނިޔާ ލިބުނު މީހުންގެ އާއިލާތަކުން މިކަމާ ދެކޮޅަށް އަޑުއުފުލާފައިވާކަމަށް ރޮއިޓާސް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
ޕްރަބޯވޯ ވަނީ މި ޙާއްސަ ޝަރަފު، ސުހާތޯގެ ދަރިކަނބަލާއި ދަރިކަލުންނާ ޙަވާލުކޮށްދެއްވައިފައެވެ. ދެކުނު އިރުމަތީ އޭޝިއާގައި އޮންނަ މި ޖަޒީރާ ޤައުމުގެ ތަރައްޤީއަށް ފާހަގަކޮށްލެވޭފަދަ އުފެއްދުންތެރި ޚިދުމަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް ކޮންމެ އަހަރަކުވެސް ޤައުމީ ބަތަލުގެ ލަޤަބު ދެވެއެވެ. 2008 ވަނަ އަހަރު އަވަހާރަވި ސުހާތޯއަކީ މިއަދު މި ލަޤަބު އެރުވުނު 10 މީހުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ސިފައިންގެ އޮފިސަރެއްގެ ގޮތުގައި ހުންނަވައި، އިންޑޮނީޝިޔާގެ ފުރަތަމަ ރައީސް ސުކާނޯގެ ވެރިކަމަށް ނިމުމެއް ގެނެސް، 1967 ވަނަ އަހަރު ސުހާތޯ ރަސްމީކޮށް ރައީސްކަމަށް ވަޑައިގެންނެވިއެވެ.
ސުހާތޯގެ ވެރިކަމުގެ 30 އަހަރުގެ ތެރޭގައި، އިންޑޮނީޝިޔާ ވަނީ އިޤްތިޞާދީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ނަމަވެސް 1997 ވަނަ އަހަރުގެ ތެރޭގައި އޭޝިއާއަށް ކުރިމަތިވި މާލީ ކާރިސާގައި، ޤައުމު ހަލަބޮލިކަމުގެ ތެރެއަށް ވެއްޓުމާ އެކު، އިޤްތިޞާދީ ގޮތުން ސުހާތޯ ގެނެސްދެއްވި ކުރިއެރުންތައް ފަހަތަށް ސޮއްސައިލިއެވެ. އެމްނެސްޓީ އިންޓަރނޭޝަނަލް އިންޑޮނީޝިޔާ ހިމެނޭ ގޮތަށް ޙައްޤުތަކަށް ވަކާލާތުކުރާ ޖަމިޢިއްޔާތަކުން ވަނީ ސުހާތޯގެ ވެރިކަމުގައި ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ޖަރީމާތަކުގެ ސަބަބުން، ބަޠަލުގެ ލަޤަބު ބާތިލުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ. މިދިޔަ ހަފްތާގައި ވެސް ސުހާތޯއަށް ލަޤަބު ދިނުމާ ދެކޮޅަށް ވެރިރަށް ޖަކާޓާގައި ގިނަ ބަޔަކު ނުކުމެ މުޒާހަރާކޮށްފައިވެއެވެ.
ސުހާތޯގެ ވެރިކަމުގައި އިންޑޮނީޝިޔާ ވަނީ 1975 ވަނަ އަހަރު އީސްޓް ޓިމޯއަށް އަރައިގަނެ، އެ ސަރަޙައްދު އިސްތިޢުމާރީ ބާރުގެ ދަށަށް ގެނެސްފައެވެ. އީސްޓް ޓިމޯއާށް މިނިވަންކަން ލިބުނީ ސުހާތޯ މަޤާމުން ދުރުކުރެވުމަށްފަހުއެވެ. ކުރީގެ ސިފައިންގެ މީހެއްގެ ގޮތުގައި ސުހާތޯ ވަނީ އަސްކަރިއްޔާގެ ބާރު ބޭނުންކޮށްގެން މަދަނީ ކަންކަމަށް ބާރުފޯރުވައި، އޭނާއާ ދެކޮޅަށް ކުރާ ތަޙުޤީޤުތައް ވެސް ހުއްޓުވާފައެވެ. ސުހާތޯގެ އާއިލާއަށާއި ގާތް މީހުންނަށް މަންފާވާ ގޮތަށް ބޮޑެތި ހިޔާނާތްތައް ހިންގާފައިވާ ތުހުމަތުތައް ކުރެވުނު ނަމަވެސް، ސިއްޙީ ޙާލަތު ގޯސްވުމުގެ ސަބަބުން އެއްވެސް ޝަރީޢަތެއް ހިންގައި، ދަޢުވާއެއް ސާބިތުވެފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
