
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސުރިޔާގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ހައިޔަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް) ސަރުކާރުގެ ރައީސް އަޙްމަދު އަލް-ޝަރާޢު މަރާލަން، ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ އައިއެސުން ރޭވި ދެ ރޭވުމެއް ސޫރިޔާއިން ނާކާމިޔާބުކޮށްލާފައިވާ ކަމަށް ބައެއް މަސްދަރުތަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނެފިއެވެ. ސޫރިޔާ އާއި މެދުއިރުމަތީގެ އިސް ދެ އޮފިޝަލަކާ ޙަވާލާދީ، ރޮއިޓަރސް ނޫހުން ބުނީ، ޝަރާޢު މަރާލަން ފާއިތުވި މަސްތަކުގައި އައިއެސުން ތަފާތު ދެ ރޭވުމެއް ރޭވިކަމަށެވެ. މީގެ ސަބަބުން 14 އަހަރުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސޫރިޔާގައި ހަމަޖެހުން ޤާއިމުކޮށް، އަލުން ބިނާކުރަން މަސައްކަތްކުރަމުން ގެންދާއިރު، ޝަރާޢުއަށް ކުރިމަތިވެފައިވާ ސީދާ ނުރައްކާ ހާމަވެފައިވާ ކަމަށް އެ އޮފިޝަލުން ވިދާޅުވިއެވެ. މި މައްސަލައިގެ ނާޒުކުކަމުން އިތުރު ތަފްޞީލު ހާމަނުކުރައްވައި، އެ އޮފިޝަލުން ވިދާޅުވީ، އައިއެސްގެ އެއް ރޭވުން އަމާޒުކޮށްފައިވަނީ ޝަރާޢު ކުރިން އިއުލާންކޮށްފައިވާ ރަސްމީ ބައްދަލުވުމަކަށް ކަމަށެވެ.
މިކަމާ ގުޅޭގޮތުން ސޫރިޔާގެ ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ނުބުނެއެވެ. އައިއެސްގެ މި ރޭވުންތަކުގެ މަޢުލޫމާތު ހާމަވެފައިމިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މިއަދު ވައިޓް ހައުސްގައި ޝަރާޢު އާއެކު ތާރީޚީ ބައްދަލުވުމެއް ބާއްވަން ތައްޔާރުވެފައިވާ ދަނޑިވަޅެއްގައެވެ. މި ބައްދަލުވުމަށްފަހު، އައިއެސްއާ ދެކޮޅަށް މަސައްކަތް ކުރަން އެމެރިކާއިން އުފައްދާފައިވާ ޤަޢުމުތަކުގެ އިއްތިޙާދާ ސޫރިޔާއިން ވެސް ރަސްމީކޮށް ގުޅުމަށް ވަނީ ތައްޔާރުވެފައެވެ. އެޗްޓީއެސުން ސޫރިޔާގެ ވެރިކަން ފޭރިގަނެފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ވެރިކަމުން ދުރުކުރުމާ އެކު، 13 އަހަރަށް ދެމިގެންދިޔަ ސޫރިޔާގެ އަހުލީހަނގުރާމައަށް ވެސް ވަނީ ނިމުމެއް އައިސްފައެވެ. ނަމަވެސް، ގިނަ ޤައުމުތަކުން އަދިވެސް ޤަބޫލު ކުރާ ގޮތުގައި އެޗްޓީއެސަކީ ނިރުބަވެރި ޖަމާޢަތެކެވެ.
ކުރިން އެޗްޓީއެސުން ހަރަކާތްތެރިވަމުން ގޮސްފައި ވަނީ އަލް-ނުޞްރާ ފްރަންޓްގެ ނަމުގައެވެ. އެއީ، ނިރުބަވެރި ޖަމާޢަތް، އަލް-ޤާޢިދާގެ ސޫރިޔާގެ ގޮތްޕެވެ. ނުޞްރާ ފްރަންޓުން އަލް-ޤާޢިދާއާ ފެޔަށް ޖެހިފައި ވަނީ 2016ވަނަ އަހަރުއެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
