
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސްް)
ފަލަސްޠީނުގެ ޣައްޒާގެ ބިންގަރާހެއްގައި ޔަހޫދީ ފައުޖުން ތާށިކޮށްލާފައި ތިބި 200އެއްހާ ޢާންމުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަން ތުރުކީވިލާތުން ހާމަކޮށްފިއެވެ. އެ މީހުން ތާށިކޮށްލާފައި ތިބީ ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙުގެ ބިންގަރާހެއްގައެވެ. ރަފަޙް މި ވަގުތު އޮތީ ޔަހޫދީ ސިފައިންގެ އަތްދަށުގައެވެ. އެ ރަށުގެ ބިންގަރާހެއްގައި ތާށިކޮށްލާފައި ތިބި 200އެއްހާ ޢާންމުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަން ތުރުކީވިލާތުން ހާމަކޮށްފައި މި ވަނީ މީގެ ދަހަރެއްހާ ދުވަސް ކުރިން މަރައިލާފައިވާ ޔަހޫދީ ސިފައިންގެ މީހެއްގެ ހަށިގަނޑު ޔަހޫދީންނާ ޙަވާލު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. 2014ވަނަ އަހަރު ޔަހޫދީ ސިފައިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އެ ސިފައިންގެ މީހާ މަރައިލާފައި ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުުޖާހިދުންނެވެ.
އެ މީހާގެ ހަށިގަނޑު ޔަހޫދީންނާ ޙަވާލު ކުރުމުގައި ތުރުކީވިލާތުން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. އަދި، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމު ނިމުމަކަށް ގެނައުމުގައި ވެސް ތުރުކީވިލާތުން ވަނީ މެދުވެރިއެއްގެ ދައުރު އަދާކޮށްފައެވެ. ދެ އަހަރަށް ފަހު އެ ޤަތުލުޢާންމު ނިމުމަކަށް ގެނެވިފައި ވަނީ 68,000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލި ފަހުންނެވެ. ރަފަޙްގެ ބިންގަރާހުގައި ތާށިކޮށްލާފައި ތިބީ ޢާންމު ރައްޔިތުން ކަމުގައި ތުރުކީވިލާތުން ބުނި ނަމަވެސް ޔަހޫދީން ވަނީ އެއީ ޙަމާސްގެ މުޖާހިދުންގެ ބަޔެއް ކަމުގައި ބުނެފައެވެ. އަދި، ރަފަޙްގެ ބިންގަރާސްތަކުގައި ފިލާ ތިބި ކަމުގައި ޔަހޫދީން ބުނާ ޙަމާސްގެ މުޖާހިދުން ހޯދައި، ބިންގަރާސްތައް ނައްތައިލުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ.
ޙަމާސުން ބުނީ، ރަފަޙްގައި ތިބި އެ ޖަމާޢަތުގެ މުޖާހިދުން އަމާން ނުދޭނެ ކަމުގައެވެ. އަދި، ބިންގަރާސްތަކުގައި ތާށިކޮށްލާފައި ތިބި މީހުން މިނިވަން ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޙަމާސުން ވަނީ މެދުވެރިންގެ ގާތުގައި އެދިފައެވެ. ތުރުކީވިލާތަކީ ޙަމާސާ ގާތް ގުޅުމެއް ބާއްވަމުންދާ ޤައުމެކެވެ. އަދި، ފަލަސްޠީނުގެ މިނިވަން ކަމަށް ގޮވައިލައި، ޔަހޫދީންގެ ޤަތުލުޢާންމާ ދެކޮޅަށް އެންމެ ހަރު އަޑުން ވަކާލާތު ކޮށްފައިވާ އެއް ޤައުމެވެ. ޣައްޒާ ޤަތުލުޢާންމު ނިމުމަކަށް ގެނެސްފައި ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގަވައިގެން އެކުލަވައިލެއްވި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުން އެކުލަވައިލުމުގައި ތުރުކީވިލާތުގެ އިތުރުން މިޞްރާއި ޤަޠަރުން އިސް ދައުރެއް އަދާކުރިއެވެ. އެ އެއްބަސްވުމުގެ ދަށުން ޤަތުލުޢާންމު ޢާންމު ގޮތެއްގައި ހުއްޓައިލާފައިވީ ނަމަވެސް، ޔަހޫދީން އަދިވެސް ދަނީ ޣައްޒާއަށް ނިރުބަވެރި ޙަމަލާތައް އަމާޒުކޮށް، އިތުރު މީހުން ޝަހީދު ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
