
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސަޢޫދީ ޢަރަބިއްޔާއިން ޔަހޫދީންނާއެކު ގުޅުން ޤާއިމުކުރަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބާރުއެޅުއްވިނަމަވެސް، ސަޢޫދީގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި އެކަމުގެ އެއްބަސްވުމަކާ ހަމައަށް ދިޔުމުގެ ފުރުޞަތެއް ނެތްކަމަށް ބައެއް މަސްދަރުތަކުން ބުނެފިއެވެ. ސަޢޫދީ އާއި ޔަހޫދީންނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުވެއްޖެނަމަ، މެދުއިރުމަތީގެ ސިޔާސީ އަދި ސަލާމަތީ މަސްރަޙަށް ބޮޑު ބަދަލެއް އައިސް، އެ ސަރަޙައްދުގައި އެމެރިކާގެ ނުފޫޒު ވަރުގަދަވެގެން ދާނެއެވެ. ރައީސް ޓްރަމްޕް މިދިޔަ މަހު ވިދާޅުވެފައިވާ ގޮތުގައި، 2020 ވަނަ އަހަރު ޔަހޫދީންނާއެކު ގުޅުން ޤާއިމުކުރަން ސޮއިކުރި “އެބްރަހަމް އެކޯޑްސް” އާ ސަޢޫދީންވެސް ވަރަށް އަވަހަށް ބައިވެރިވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ނަމަވެސް، “ރޮއިޓާސް” ނޫހަށް މަޢުލޫމާތު ދިން މެދުއިރުމަތީގެ ދެ މަސްދަރަކުން ބުނި ގޮތުގައި، ސަޢޫދީ ސަރުކާރުން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމުގެ ޝަރުތަށް ދޫނުދޭނެކަމަށް އެމެރިކާ ސަރުކާރަށް އަންގައިފައެވެ. މިގޮތުން، މިމަހުގެ 18 ވަނަ ދުވަހު ވައިޓް ހައުސްގައި ޓްރަމްޕްއާ އެކު ކުރައްވާ މަޝްވަރާތަކުގައި، ވަލީއަޙްދު މަސައްކަތް ކުރައްވާނެ ކަމަށް ބެލެވެނީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް އެމެރިކާ ސަރުކާރުގެ ފުރިހަމަ ތާޢީދު ހޯދުމަށް ކަމަށް އެ މަސްދަރުތަކުން ބުނެއެވެ. ސަޢޫދީއަށް، ފަލަސްޠީނުގެ ޙައްޤުތައް ހޯދައިދިނުމަކީ، މުޅި މެދުއިރުމަތީގެ ސަލާމަތާއި ހަމަޖެހުމާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމާ، ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފާޅުގައި ދެކޮޅު ހަދަމުންދާތީ، ޔަހޫދީންނާއެކު ސަޢޫދީން ސިޔާސީ ގުޅުން ޤާއިމުކުރުމުގެ ފުރުޞަތެއް ނެތް ކަމަށް އެ މަސްދަރުތަކުން ޤަބޫލުކުރެއެވެ.
އަދި ޔަހޫދީން ދޫދޭން ބޭނުންނުވާކަމެއްގައި، މިވަގުތު އެމެރިކާއިން ވެސް ޔަހޫދީންނަށް ބާރުއަޅާނެކަމަކަށް ނުބެލެވެއެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
