
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެ ސަހަރަށް އެތެރެ ކުރުމުގެ މަސައްކަތްތައް އިންތިޒާމު ކުރުމާ ޙަވާލުވުމަށް އެމެރިކާގެ އަސްކަރިއްޔާއިން ތައްޔާރުވެއްޖެއެވެ. މި ވަގުތު ޣައްޒާއަށް ކާބޯތައްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރިހަމަ ކޮންޓުރޯލު އޮތީ ޔަހޫދީންގެ އަތުގައެވެ. އަދި، ޣައްޒާއަށް ވައްދާނެ ތަކެތި ކަނޑައަޅައި، އެ ކަމުގެ ހުއްދަ ދޫކުރަމުން ދަނީ ވެސް ޔަހޫދީންނެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިިޔަ ޤަތުލުޢާންމު ހުއްޓުމަކަށް ގެނެސްފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގަވައިގެން އެކުލަވައިލައްވާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސާއި ޔަހޫދީންނާ ދެމެދު އެ އެއްބަސްވުމަށް އަމަލު ކުރަން ފަށާފައި ވަނީ އޮކްޓޫބަރު 10ވަނަ ދުވަހުއެވެ. ޤަތުލުޢާންމު ހުއްޓައިލުމަށް ފަހު، ޔަހޫދީން ވަނީ ޣައްޒާގެ ހިސާރަށް ލުއިދިނުމަށް ފަހު، އެ ސަހަރަށް މަދު އަދަދެއްގެ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދީފައެވެ.
ޔަހޫދީންގެ ސަލާމަތީ ދާއިރާގެ މަޞްދަރަކުން ބުނީ، ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމުގެ ކަންކަން އިންތިޒާމު ކުރުމުގައި މިހާރު ވެސް އެމެރިކާގެ އަސްކަރިއްޔާއިން ބައިވެރިވަމުންދާ ކަމުގައެވެ. އެމެރިކާގެ ނޫހެއް ކަމުގައިވާ ދި ވޮޝިންގްޓަން ޕޯސްޓުން ބުނީ، އެ ކަމުގައި ހަރަކާތްތެރިވަމުން ދަނީ އެމެރިކާގެ އަސްކަރިއްޔާގެ ސިވިލް-މިލިޓަރީ ކޯޑިނޭޝަން ސެންޓަރު (ސީއެމްސީސީ)ން ކަމުގައެވެ. ޣައްޒާއަށް އެހީ ވެއްދުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ހުރިހާ މަސައްކަތަކާ ސީއެމްސީސީން ޙަވާލުވާނެ ކަމުގައި ވެސް އެ ނޫހުން ރިޕޯޓު ކުރިއެވެ. އެ މަސައްކަތުގައި ޔަހޫދީން ބައިވެރިކުރި ނަމަވެސް، ޣައްޒާއަށް ވައްދާނެ އެހީއަކީ ކޮބައިކަމާއި، އެހީ އެތެރެ ކުރާނެ މިންވަރު މީގެ ފަހުން ކަނޑައަޅާނީ ސީއެމްސީސީން ކަމުގައި، އެމެރިކާގެ މަޞްދަރުތަކާ ޙަވާލާދީ ޕޯސްޓުން ރިޕޯޓު ކުރިއެވެ.
ޔަހޫދީން ފޭރިގަނެފައިވާ ޤުދުސްގައި ހުންނަ އެމެރިކާގެ އެމްބަސީގެ ތަރުޖަމާނު ބުނީ، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ އެތެރެ ކުރުމުގެ މަސައްކަތާ އެމެރިކާގެ އަސްކަރިއްޔާއިން ޙަވާލުވުމަކީ، ޙަމާސާއި ޔަހޫދީންނާ ދެމެދު އެކުލަވައިލާފައިވާ “ތާރީޚީ” އެއްބަސްވުމުގައި ހިމެނޭ ކަމެއް ކަމުގައެވެ. އަދި، ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސީއެމްސީސީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ޤައުމުތަކަށް އެ އިދާރާއިން ޝުކުރު އަދާކުރާ ކަމުގައި ވެސް އެމެރިކާގެ ތަރުޖަމާނު ބުންޏެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ނިމުމަކަށް ގެނެސްފައި ވަނީ 68,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލުމަށް ފަހުއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން އުމޫރުންނެވެ. އަދި، 158,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.
ޣައްޒާގެ ހިސާރު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމަށް ހުރަސް އަޅައިގެން ނިކަމެތި ކޮށްލާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ސީއެމްސީސީން ބައިވެރިވާން ފަށާފައި ވަނީ އޮކްޓޫބަރު މަހުގެ ފަހުކޮޅުއެވެ. އެ ކަމުގައި ބައިވެރިވުމަށް ސީއެމްސީސީން ވަނީ ޒަޔަނިސްޓު ދައުލަތުގެ ދެކުނަށް ފައުޖެއް ފޮނުވާފައެވެ. ޓްރަމްޕް އެކުލަވައިލައްވާފައިވާ އެއްބަސްވުމުގެ ދަށުން ޣައްޒާއަށް ދުވާލަކު 600 ލޮރީގެ މުދާ އެތެރެ ކުރަން ޖެހޭނެއެވެ. ނަމަވެސް، ޔަހޫދީން އަދިވެސް ދަނީ އެ ކަމަށް ހުރަސްތައް ކުރިމަތި ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
