
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ން އެ ޤައުމުގައި ހަރަކާތްތެރިވާ އައިއެސް ޖަމާޢަތުގެ ނިރުބަވެރިންނާ ދެކޮޅަށް ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ. މި ކަން ހާމަކުރަމުން އެޗްޓީއެސް ސަރުކާރުގެ ދާޚިލީ ވުޒާރާއިން ބުނީ، އައިއެސްގެ ނިރުބަވެރިން ހަރަކާތްތެރިވާ ކަމަށް ޝައްކު ކުރެވޭ ތަންތަނަށް ރޭޑުޖަހައި، ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައިވާނެ ކަމުގައެވެ. މި ގޮތުން، 61 ތަނަކަށް ރޭޑުޖަހައި، އައިއެސްގެ މެންބަރުން ކަމަށް ޝައްކު ކުރެވޭ 71 މީހުން ހައްުޔަރު ކޮށްފައިވާނެ ކަމުގައި އެ ވުޒާރާއިން ބުންޏެވެ. އަދި، ގިނަ އަދަދެއްގެ ހަތިޔާރާއި ގޮވާތަކެތި އަތުލައިގަނެފައިވާނެ ކަމުގައި ވެސް އެ ވުޒާރާގެ ތަރުޖަމާނަކު ބުންޏެވެ.
އެޗްޓީއެސުން ސޫރިޔާގެ ވެރިކަން ފޭރިގަނެފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެ ޤައުމުގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ވައްޓައިލުމަށް ފަހު ސޫރިޔާގައި މި ވަގުތު ރައީސް ކަމުގެ މަޤާމު ފުރަމުން ދަނީ އެޗްޓީއެސްގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢެވެ. އެމެރިކާގެ ރުހުން އޭނާގެ ސަރުކާރަށް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. އެޗްޓީއެސްގެ ބެލުމުގެ ދަށުގައި އޮތް ސޫރިޔާގެ ސަލާމަތީ ބާރުތަކުން އައިއެސް ޖަމާޢަތާ ދެކޮޅަށް އޮޕަރޭޝަނެއް ފަށާފައި މި ވަނީ، ވޮޝިންގްޓަނަށް ދަތުރުކޮށް، ޝަރާޢު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކުރުމަށް ހަމަޖެހިފައި އޮތް ދަނޑިވަޅެއްގައެވެ. އެ ބައްދަލުވުން އޮންނާނީ ނޮވެންބަރު 10ވަނަ ދުވަހުއެވެ. މިއީ، ސޫރިޔާގެ ވެރިކަން ފޭރިގަތުމަށް ފަހު ޝަރާޢު އެމެރިކާއަށް ދަތުރު ކުރާ ފުރަތަމަ ފަހަރެވެ.
އެމެރިކާއާއި ގުޅުން ބަދަހި ކުރުމަށް ޝަރާޢުގެ ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ދިމިޝްޤުގައި އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ ފައުޖެއް ޤާއިމުކޮށްފައި ބޭތިއްބުމަށް އޭނާގެ ސަރުކާރުން ދާދިފަހުން ރުހުންދީފައިވެއެވެ. އެމެރިކާ ސިފައިން ތިބޭނީ އަސްކަރީ ވައިގެ ބަނދަރެއްގައެވެ. ސިފައިންގެ އިތުރުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ވެސް ދިމިޝްޤަށް ފޮނުވާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޓްރަމްޕްގެ މައިގަނޑު އަމާޒަކީ، ޝަރާޢުގެ ސަރުކާރާއި ޔަހޫދީންނާ ދެމެދު ގުޅުން ޤާއިމު ކުރެއްވުމެވެ. އަދި، ދެ ފަރާތުގެ ދެމެދުގައި ސަލާމަތީ އެއްބަސްވުމެއް އެކުލަވައިލެއްވުމެވެ. މީގެ އިތުރުން، އައިއެސާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާއިން އެކުލަވައިލާފައިވާ ބައިނަލްއަޤްވާމީ ފައުޖުގައި ބައިވެރިވުމަކީ ޝަރާޢުގެ ސަރުކާރުން އެދޭ ކަމެކެވެ.
މޭ މަހުގެ ތެރޭގައި ޓްރަމްޕްގެ އަމުރަށް އެމެރިކާއިން ވަނީ ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލާފައެވެ. އަދި، ޝަރާޢާ ދެކޮޅަށް އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހުން އަޅާފައިވާ ފިޔަވަޅުތައް ވެސް ހުސްވި ހަފުތާގައި ވަނީ އުވައިލާފައެވެ. އެ ކަމާ ގުޅޭ ޤަރާރު އދގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައި ވަނީ އެމެރިކާއިންނެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
