
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކާށިދޫ ފަޅުތެރޭގައި ކުރިއަށްގެންދަން ނިންމާފަވާ ރިސޯޓް ތަރައްޤީކުރުމުގެ މަޝްރޫއާއެކު، ކާށިދުއަށް ސީ ޕްލޭންގެ ޝިޑިއުލް ދަތުރުތައް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކާށިދޫއަކީ އަތޮޅުގެ އެހެން ރަށްރަށާ ދުރުގައި އޮތް ރަށަކަށްވުމުން، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީގޮތުންވެސް ރަށަށް ކުރިއެރުން ވަރަށް މުހިންމުކަމަށެވެ. ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކުރުމަށް އިންވެސްޓަރެއް ހޯދުމަށް ސަރުކާރުން ހުޅުވާލިނަމަވެސް، ރަށް އޮތް ސަރަޙައްދާއި އުސޫލުތައް އޮތްގޮތުން އެކަމަށް އިންވެސްޓަރެއް ލިބިފައި ނުވާކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.
އެހެންނަމަވެސް މި މަސައްކަތް ކުރިއަށް ގެންދިޔުމަށް، އިންވެސްޓަރެއް ހޯދުމަށް އަލުން ހުޅުވާލާފަވާކަމަށާއި އެކަމަށް މިފަހަރު ހުލުވާލީ އިންވެސްޓަރުންނަށް އަގުތަކުން ބޮޑެތި ލުއިތަކެއް ދިނުމަށްފަހުކަމަށް ރައީސް ވަނީ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަށުގެ ފަޅުތެރޭ ތަރައްޤީކުރާ މި ރިސޯޓާއެކު، ދަތުރުފަތުރުގެ ފަސޭހަ އިންތިޒާމެއްވެސް ކާށިދުއަށް ހަމަޖައްސައިދިނުމަށް ސަރުކާރުން ނިންމަވާފަވާކަމަށެވެ. ރައީސް ވިދާޅުވީ ރިސޯޓް މަޝްރޫޢުގެ އިތުރުން، ކައުންސިލުން ހިންގާ ރަށު ފަތުރުވެރިކަމުގެ މަސައްކަތްތަކަށްވެސް ސަރުކާރުން އެހީތެރިވެދޭނަކަމަށެވެ.
“މި ރަށަށް ސީ ޕްލޭންގެ ޝެޑިއުލް ދަތުރުތައް ފެށުމަކީ ސަރުކާރުގެ ޢަމާޒެއް. ޕްލެޓްފޯމެއް ޤާއިމުކޮށް ޚިދުމަތް ދޭން ބަލާއިރު، ސީ ޕްލޭން އޮޕަރޭޓަރުންނަށް ފީސިބަލް ވަނީ ފަތުވެރިކަން އޮވެގެން. ރިސޯޓް ހަދާނެބަޔަކުވެ، އެ މަސައްކަތް ފެށުމާއެކު ސީޕްލޭން ޝެޑިއުލް ދަތުރު ފަށާނަން. އެކަން ކާމިޔާބުވާނެކަމުގެ ބޮޑު އުއްމީދެއް އެބައޮތް.” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ވިދާޅުވީ މިއީ އެކި ދާއިރާތަކުން ވިޔަފާރިތައް ފެށި، ރަށާއި ރައްޔިތުންގެ އާއްމު އިޤްތިޞާދީ ޙާލަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއްކަމުގައެވެ. އެގޮތުން ވަޒީފާތައް އުފެދުމާއި އާމްދަނީ ހޯދޭނެ ފުރުޞަތުތަކާއެކު، ރަށުން ބޭރުގައި އުޅޭ ރަށު ރައްޔިތުން ރަށަށް ދިރިއުޅުން ބަދަލުކުރުމުގެ ޝަޢުގުވެރިކަންވެސް އުފެދޭނެކަމަށެވެ. މީގެއިތުރުން، ސަރުކާރުގެ ސިޔާސަތާއެކު އާރްޓީއެލްގެ ފެރީގެ ޚިދުމަތްވެސް ކާށިދުއަށް ފެށުމަށް ތައްޔާރުވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ އެހެން މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މި ދަތުރުގައި ފަށާފައިވާ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތަކާއެކު، އެކްސްރޭއާއި ސްކޭންގެ ޚިދުމަތާއި ކްލިނިކަލް ޖާގަ އަދި ބެޑް ކެޕޭސިޓީވެސް އިތުރުކުރެވޭނެކަމަށެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތުގައި ވަރަށް އަވަހަށް އެރަށުގައި ފިޒިއޯ ތެރަޕީގެ ޚިދުމަތް ފަށާނެކަމަށެވެ.
ރައީސް ވިދާޅުވީ ރަށަށް އެކަށީގެންވާ ޒަމާނީ ބަނދަރެއްގެ މުހިންމުކަން ވަރަށް ބޮޑުކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި އިސްކަންދޭ މަޝްރޫޢުގެތެރޭގައި ބަނދަރުގެ މަސައްކަތް ހިމަނާ، އެ މަސައްކަތް ފުރިހަމަކޮށްދެއްވާނެކަމަށެވެ. ކާށުދޫގައި ދަނޑުވެރިކަން ކުރިއެރުވުމަށް 1 ހެކްޓަރުގެ ބިން ހަމަޖައްސާ، މި ފެށި މަސައްކަތުގެ ސަބަބުން ރަށުގައި ދަނޑުވެރިކަން ކުރިއެރުވުމަށްވެސް ފަހި ފުރުޞަތުތަކެއް ފަހިވާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދިވެހި އުފެއްދުންތައް އިތުރުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު ޢަމާޒެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ، ކާށިދޫގެ ރައްޔިތުން ބޭނުންވާ ތަރައްޤީގެ ކުލަ ޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. 2000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކާށިދުއަކީ، އަތޮޅުގައި އެހެން ރަށްތަކާ ވަކިން ދުރުގައި އޮންނަ ރަށެކެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
