
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
މިދިޔަ ސަރުކާރުން ބޮޑުތި އަދަދުތަކުން ދަރަނި ނެގިއިރު، އެ ދަރަނިން އާމްދަނީ ލިބޭނެކަމަކަށް އިންވެސްޓްކޮށްފައިނުވާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ސަޢީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ މިދިޔަ ސަރުކާރުން ޤައުމުގެ އިޤުތިޞާދަށް ގެއްލުންވާ ގޮތަށް ކޮށްފައިހުރި ކަންކަން ވަރަށް ތަފުސީލުކޮށް ވިދާޅުވެދެއްވާފައެވެ.
ވަޒީރު ސަޢީދު ވިދާޅުވީ މިދިޔަ ސަރުކާރުން 125.2 ބިލިޔަން ރުފިޔާއިން ދަރަނި ނެގިއިރު، އެއިން އާމްދަނީ ލިބޭނެ އެއްވެސްކަމަކަށް އިންވެސްޓްކޮށްފައި ނުވާ ކަމަށެވެ. އެ ދަރަނިން ޚަރަދުކޮށްފައި ހުރީ ދުވަހު ޚަރަދުތައް ނުވަތަ ރިކަރަންޓް ޚަރަދުތައް ފޫބެއްދުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ރަނގަޅު ގޮތެއް ނޫންކަމަށް އޭރު އިދިކޮޅު ޕާޓީގެ ގޮތުގައި ތިބެގެން ސަރުކާރަށް ނަސޭހަތްތެރިވިކަމަށާއި ނަމަވެސް އެކަން ކުރަމުން ގެންދިޔަކަމަށް ވަޒީރު ވިދާޅުވިއެވެ. “ނިމިދިޔަ ސަރުކާރުން މާލޭގެ ސްކޫލެއް ހުރިއްޔާ ހުރީ ރަހުނުކޮށްފައި. އޮލިމްޕަސް ރަހުނުކޮށްފައި. އިސްކަންދަރު ސްކޫލް ރަހުނުކޮށްގެން ލޯނު ނަގާފައި. ފައިސާ ޗާޕުކުރީވެސް ޤާނޫނު ތަޅުލައިގެން. އެކަމަކު އާމްދަނީ ބައި ރުފިޔާ ލިބޭނެ ކަމެއްވެސް ކޮށްފައި ނެތް.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި މިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރި ކުރުމަށް ވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން މިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރަންޖެހޭކަމަށް އޭރު ދައްކަމުންދިޔަ އެންމެ ބޮޑު ޢުޒުރަކީ ކޯވިޑުގެ ޙާލަތާ ގުޅިގެން އިޤުތިޞާދަށް ދިމާވި ދަތިކަންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް ކޯވިޑުގެ ޚަރަދުތައް ފޫބެއްދުމަށް 8.7 ބިލިޔަން ރުފިޔާ ދިވެހި ދައުލަތަށް ލިބުނުއިރު، އެއިން ޚަރަދުކުރީ 4.2 ބިލިޔަން ރުފިޔާކަމަށާއި ކޮވިޑުގެ ޚަރަދުތައް ފޫބައްދަން ފައިސާ ޗާޕުކުރަންވީ ސަބަބެއް ނެތްކަމަށް އިޤުތިޞާދީ ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“ކޯވިޑަށް މި ލިބުނީ 8.7 ބިލިޔަން. ޚަރަދުކުރީ 4.2 ބިލިޔަން. ދެން ބާކީ ލިބުނު ފައިސާ ކޮންތާކަށްތޯ ދިޔައީ. ކޯވިޑުގެ ޚަރަދުތައް ފޫއްބައްދަން ކީއްވެގެންތޯ ފައިސާ ޗާޕުކުރަންވީ. އަޅުގަނޑުމެން އޭރުވެސް ކީން ފައިސާ ޗާޕުނުކުރާށޭ ތިއީ އިންތިހާއަށް ގެއްލުންވާނެ ކަމެކޭ. އޭގެ ނަތީޖާއަކަށްވީ މިއަދު ޑޮލަރުގެ އަގު ބޮޑުވުން.” ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ނިމިދިޔަ ސަރުކާރުން 8 ބިލިޔަން ރުފިޔާ ޗާޕުކުރި ކަމަށެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ފައިސާ ޗާޕުކުރުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މި ސަރުކާރުންކުރައްވާފައިވާ ބައެއް މަސައްކަތްތައްވެސް އިޤުތިޞާދާ ބެހޭ ވަޒީރު ޙިއްސާކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ޤާނޫނެއް ހަދައި، ވަކި ވަރަކަށް ޑޮލަރު މާރުކުރުމަށް ސަރުކާރުން މިހާރު އަންގާފައިވާ ކަމަށެވެ. އޭގެ ސަބަބުން އެކި ދުވަސްވަރު ކާޑު ލިމިޓު ބޮޑުކުރުމުގެ ފުރުޞަތު ބޭންކަށް ފަހިވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޗައިނާއާއި އިންޑީޔާއާއެކު އެ ޤައުމުތަކުގެ ފައިސާއިން މުޢާމަލާތުކުރެވޭ ގޮތް ފަހިވުމުންވެސް ޑޮލަރުގެ އަގު ކުޑަކުރުމަށް މަގުފަހިވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
