
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޅ. ކުރެންދޫ ރައްޔިތުން އެދުނުގޮތަށް އެރަށް ކައިރީގައިވާ ޅޮސްއަލަފުށި ރަށުގެ ބައެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޅ. ކުރެންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރެންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިމުގެ ޖާގައިގެ ދަތިކަންކަމަށެވެ. އެހެންކަމުން މި މައްސަލަ ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ރަށުގައި ހައުސިންގ މަޝްރޫއެއް ހިންގަން ބެލިނަމަވެސް ޖާގަނެތްކަމަށާއި، މިހާރު އެރަށުގައި ކުރިއަށްގެންދާ 50 ހައުސިން ޔުނިޓަކުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބިގެން ނުދާނެކަމަށެވެ. އެހެންކަމުން އެރަށް ކައިރީގައި އޮތް ޅޮސްއަލަފުށި އެރަށުގެ ބަޔަކަށް ހެއްދެވުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދު އެގޮތަށް ކުރިއަށްދާކަމަށެވެ.
“އަޅުގަނޑު ވާނީ ރައްޔިތުންނަށް ދަންނަވާފައި މިތާކައިރީގައި އޮތް ޅޮސްއަލަފުށި މިރަށުގެ ބަޔަކަށް ހެދުމަށް މަސައްކަތް ކޮށްދޭނެކަމަށް. އެ މަސައްކަތް ކުރަމުން މިދަނީ. އިނގިވަޑައިގަންނަވާނެފަދައިން އެރަށަކީ ކުރީގެ ސަރުކާރަކުން އެހެން މަޝްރޫއެއްގެ ބޭނުމަކަށް ހަވާލުކޮށްފައި އޮތް ރަށެއް. އެހެންވީމަ އެފަރާތުން 2 ޕާޓީއަކާއިއެކު އެގްރިމަންޓް ހަދާފައި އޮތް ރަށަކަށް ވާތީ އެގްރިމަންޓްގެ ޓާމްސްތަކާއި ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން އެރަށް ދައުލަތައް ގެއްލުން ނުވާގޮތައް ނަގާ ތިބޭފުޅުންނަށް އަޅުގަނޑު ދެންނެވި ފަދައިން ހަވާލުކުރުމުގެ މަސައްކަތް އެބަ ކުރިއަށްދޭ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރަށަށް ދިމާވެފައިވާ މައްސަލަތައް ރައްޔިތުން ބޭނުންވާގޮތައް މި ސަރުކާރުން ކޮށްދެއްވާނެކަމަށެވެ. އެގޮތުން ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްވެސް ރައްޔިތުން ބޭނުންވާގޮތައް ކަންކަން ކޮށްދެއްވާނެކަމަށެވެ. މީގެއިތުރުން މަގުހެދުމާއި ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތްވެސް ރައްޔިތުން ބޭނުންވާގޮތައް ނިންމަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
