
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ސިނގިރޭޓް ކޮންޓެއިނަރު ތަކެއް ވަގަށް ނެގި މައްސަލާގައި ތުހުމަތުކުރެވޭ މީހުން އިންސާފުގެ މަގަށް ގެނައުމަށް ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތައުރީފުކުރައްވައިފިއެވެ. ވަގަށް ނަގާފައިވާ ސިނގިރޭޓް މައްސަލަތަކާ ގުޅޭގޮތުން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސްކުރައްވަމުން ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ ރާއްޖޭގައި ހިންގަމުންދާ ބޮޑެތި ވައްކަންތަކުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. އަދި ވައްކަންކުރެވެނީ ނިޒާމުގެ ތެރޭގައި ތިބި ބައެއް މީހުންގެ ބައިވެރިވުމާއެކުކަމަށް ޢަބްދުލްޣަފޫރު ތުހުމަތުކުރެއްވިއެވެ. މިކަންކަން ބެލި، ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް މެންބަރު ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ ސިޔާސީ ޚިޔާލުތަފާތުވުންތަކުން އެއްކިބާވެ، ރާއްޖޭގައި ހިންގާ ބޮޑެތި ވައްކަންތައް ހުއްޓުވައި، މިކަމުގައި އުޅޭ ނުފޫޒުގަދަ މީހުން އިންސާފުގެ މަގަށް ގެނައުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އެގޮތުން މިފަހުން ހިނގާދިޔަ ސިނގިރޭޓް ދެ ކޮންޓެއިނަރު މައްސަލާގައި ގަވާއިދާ ޚިލާފަށް ސިނގިރޭޓް އެތެރެކުރާކަމަށް ތުހުމަތުކުރެވޭ ނުފޫޒުގަދަ ދެ ވިޔަފާރިވެރިއަކު ހައްޔަރުކުރިކަމަށްޓަކައި ޢަބްދުލްޣަފޫރު ދިވެހި ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ. “އަޅުގަނޑު ޙަޤީޤަތުގައި ސަރުކާރަށް ޝުކުރުއަދާކުރަން. ސިނގިރޭޓް މައްސަލާގައި ރާއްޖޭގައި މިކަހަލަ ކަންތައް ހިންގާ އުޅޭ ބަޔަކު ހައްޔަރުކުރީތީ. އެއީ ސަރުކާރުން ކުރި ހިތްވަރުގަދަ ކަމެއް. އިތުރަށް ވެސް މި ވައްކަންތައް ކުރާ މީހުން މީހުން ހައްޔަރުކުރަންޖެހޭނެ.” މެންބަރު ވިދާޅުވިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގީ މިއަހަރުގެ އެޕްރީލް 26 ވަނަ ދުވަހުއެވެ. މި މައްސަލާގެ ތުހުމަތުގައި ނިމިދިޔަ ސަރުކާރުގައި ކަސްޓަމްސްގެ އިސް މަޤާމެއް އަދާކުރި މުޢާޒް ޢަލީއާއި ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފާއި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދާއި ކަސްޓަމްސް ސުޕްރިޓެންޑެންޓް ޒިވާރު އިސްމާއިލް ހައްޔަރުކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
