
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އަތޮޅު ކައުންސިލް އުވާލުމަށްފަހު ލިބޭ ފައިސާ ރައްޔިތުންގެ އިޖްތިމާއީ ކަންކަމަށް ޚަރަދުކުރުމަށް ކައުންސިލްތަކުގެ ބަޖެޓުގައި ހިމެނުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އޮޅުވެލިފުށީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަަށް މިހަފްތާ ތެރޭގައި ހުށަހަޅުއްވާނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެފައިވާ ވަޢުދުތަކުގެ ތެރެއިން މިއަހަރު ޢަމަލީ ގޮތުން ސޮއިކޮށް ފެށި މަޝްރޫޢުތަކުގެ އިތުރަށް ދެން ހުރި ވަޢުދުތައް ފުއްދަން ބޭނުންވާ ހުރިހާ މަޝްރޫޢުއެއް ހިމަނާނެކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުވާނީ ރައްޔިތުންނަށްވީ ވަޢުދުތަކުގެ ބާކި ހުރި މަޝްރޫޢުތައް ފެށޭ ބަޖެޓަކަށްކަމަށާއި ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ގޮތުން އިތުރު ކަންކަމަށްވެސް ފަހިވާގޮތަށް ހުށަހަޅާ ބަޖަޓަކަށްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ޤާނޫނު އަސާސީއަށް ގެންނަ ބަދަލެއްގެ ތެރެއިން އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމާފައިވާކަމަށާއި އަތޮޅު ކައުންސިލްތައް އުވާލުމުން ލިބޭ ފައިސާ ރަށްރަށުގެ ކައުންސިލްތަކަށް ބަހާލުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލްގެ ބަޖެޓަށް އެފައިސާ ޖަމާކުރާނީ ރައްޔިތުންގެ ތެރެއިން އެހީތެރިކަން ބޭނުންވާ ފާރަތްތަކަށް އެ ފައިސާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ލާޒިމް ކުރާ އުޞޫލުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. “އަތޮޅު ކައުންސިލް ނެތުނީމަ އެ ސޭވްވާ އެމައުންޓް ހޭދަ މިކުރަނީ ރައްޔިތުންގެ އިޖުތިމާޢީ ކަންކަމަށް އޭގެން ފަހިވާގޮތަށް. އިތުރުވާ ފައިސާ، ބަހާލެވޭ ފައިސާ އެރަށެއްގައި ހުންނަ އިޖުތިމާޢީ ގޮތުން ރައްޔިތުންގެ ތެރެއިން ތިބި އެހީ ބޭނުންވާ ފަރާތްތަކަށް، އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވިޔަސް، އެކިކަހަލަ އެހީތެރިކަން ބޭނުންވާ ފަރާތްތައްވިޔަސް، އިމަޖެންސީކޮށް ދިމާވާ ކަންކަމުގައި ވިޔަސް، މިހެން ހުންނަ ކަންކަން ބޭނުންވާ ދިމަދިމާލަށް އެހީތެރިކަން ދެވޭގޮތަށް ކައުންސިލގެ ބަޖެޓަށް އިތުރުވާ ފައިސާ ބޭނުންކުރުން ލާޒިމްވާގޮތަށް ކައުންސިލްތަކަށް މިދެނީ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މިދިޔަ އަހަރުތަކުގެ ކައުންސިލްގެ ބަޖެޓުތަކާ އަޅާބަލާއިރު އަންނަ އަހަރު ކައުންސިލްތަކުގެ ބަޖެޓު އިތުރުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އަދި ކައުންސިލްތަކަށް އިތުރުވާ ފައިސާގެ ސަބަބުން ރަށްރަށުގައި ތިބޭ ފަރާތްތަކަށް ބެނުންވާ އެހީތެރިކަން ކައުންސިލްތައް މެދުވެރިކޮށް ދެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. ސަރުކާރުން މަސައްކަތްކުރައްވަނީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދިޔުމުގެ އިތުރަށް އިޖުތިމާޢީ ކަންކަމަށްވެސް ސަމާލުކަންދީގެންކަމަށާއި މީގެ ފައިދާ ވަކިވަކި ފަރާތްތަކަށް ލިބޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
