
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މައްކާގެ މަސްޖިދުލް ޙަރާމްއާ އިންވެގެން ނުވަ ލައްކަ މީހުންނަށް އަޅުކަންކުރެވޭ ވަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ. އޮކްޓޯބަރު މަހުގެ 15ވަނަ ދުވަހު އެ މަސައްކަތް ފައްޓަވާދެއްވާފައި ވަނީ ސަޢުދީ ޢަރަބިއްޔާގެ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާންއެވެ. އަލަށް ތަރައްޤީ ކުރާ ސަރަޙައްދުގައި ނަމާދު ކުރާނެ ޖާގަ ޤާއިމްކުރަނީ އިމާރާތުގެ އެތެރޭގައި އަދި ބޭރުގައި ވެސް އަޅުކަންކުރެވޭނެ ގޮތަށެވެ. ޖުމްލަ 12 މިލިޔަން އަކަ މީޓަރުގެ މި ސަރަޙައްދަށް ދީފައިވާ ނަމަކީ ‘ކިންގ ސަލްމާން ގޭޓް’އެވެ. އެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދާ އާރުޔޫއޭ އަލްޙަރަމް އަލްމައްކީ ކޮމްޕަނީން ބުނީ އެ މަޝްރޫޢުގެ ސަބަބުން ޙަރަމްފުޅު ބޭނުން ކުރުމުގައި އިތުރު ފަސޭހަތައް ލިބިގެން ދާނެ ކަމަށެވެ. ނަމަވެސް އެ މަޝްރޫޢުގެ އަގު، އަދި މަޝްރޫޢު ނިމޭނެ ކަމަށް ބެލެވޭ ތާރީޚެއް ޙިއްޞާކޮށްފައެެއް ނުވެއެވެ.
މަސްޖިދުމް ޙަރާމްއަކީ މުސްލިމުންގެ އެންމެ މާތް އަދި މުޤައްދަސް މިސްކިތެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު މިސްކިތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އަހަރަކު އެތައް މިލިޔަން މީހުންނެއް އަޅުކަން ކުރުމަށް އެ މިސްކިތަށް ޒިޔާރަތް ކުރެއެވެ. ސަޢުދީ ޢަރަބިއްޔާއިން ދަނީ ވިޝަން 2030ގެ ނަމުގައި ޚާއްޞަ މަސައްކަތްތަކެއް ފަށައި އެ ޤައުމުން ތެލުގެ ވިޔަފާރިއަށް ބަރޯސާވާ ބަރޯސާވުން ކުޑަކޮށް، އެހެން ދާއިރާތައް ކުރިއަރުވައި ބޮޑެތި އިޤްތިޞާދީ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. 2030ވަނަ އަހަރުގެ ކުރިން ޙައްޖާއި އުމްރާގެ އަޅުކަމަށް އެ ޤައުމަށް އަހަރަކު 30 މިލިޔަން މީހުން ޒިޔާރަތް ކުރުމަކީ އެ ޤައުމުގެ މަޤްޞަދެކެވެ. 2019ވަނަ އަހަރު ޙައްޖާއި އުމްރާއިން ސަޢުދީ ޢަރަބިއްޔާއަށް 12 ބިލިޔަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
